އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓް 13 ގެ ނިޔަލަށް ހުޅުވާލައިފި

އިންތިޤާލީ އިންސާފުގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮގަސްޓު މަހުގެ 13 ގެ ނިޔަލަށް ހުޅުވާލައިފި އެވެ.

އެ އޮފީހުން ބުނީ މިއަދުން ފެށިގެން އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާއިވާ ކަމަށެވެ. އަދި މައްސަލައެއް ހުށަހަޅަން ބޭނުންވާނަމަ، މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދަން އެދޭނަމަ، ބަދަލު ހޯދުމަށް އެދޭ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

ކޮވިޑް-19 ގެ ޙާލަތާ ގުޅިގެން މިހާރު ބަންދުކޮށްފައިވާ ދައުލަތުގެ އޮފީސްތައް ހުޅުވާލުމާއެކު، ރަސްމީ ގަޑީގައި އޮފީހަށް ހާޟިރުވެ މައްސަލަ ހުށަހެޅުމުގެ އިންތިޒާމުތައްވެސް ހަމަޖެހޭނެކަމަށް އެ އޮފީހުން ބުނެފައި ވެއެވެ. އަދި މައްސަލަތައް ހުށަހެޅުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ނަންބަރު 7337486 އަށް ގުޅުއްވުމަށް ވަނީ އެދިފަ އެވެ.

އިންތިޤާލީ އިންސާފުގެ އޮފީހުގެ މަސައްކަތްތަކީ 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެމްބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، އިންސާފް ޤާއިމްކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ އޮފީހެކެވެ.

އެއޮފީހުންބުނީ އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭނީ ވާހަކަ ދައްކައިގެން މަޝްވަރާގެ އުސޫލުން ކަންކަން ހައްލުކުރުމަށް ކަމަށެވެ.

“އިންތިޤާލީ އިންސާފުގެ ޤާނޫނުންވެސް ބާރުއަޅަނީ އެގޮތަށް. ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭ ހާލަތެއްގައި ތަހުގީގްކޮށް ދައުވާކުރަންޖެހޭ ހާލަތަށް ދާންޖެހިއްޖެނަމަ އިންސާފު ހޯދައިދިނުމަށްޓަކައި އެމަސައްކަތްވެސް ކުރާނަން.” އިންތިޤާލީ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ ޤާނޫނު ވުޖޫދަށް އައީ ވަކި ވެރިކަމެއްގެ ކަންކަން ބަލާކަށް ނޫން ކަމަށާއި އެ އޮފީހުން ވަރަށް ގިނަ ވެރިކަން ތަކުގައި ހިނގައިދިޔަ ކަންކަން ބެލުމަށް މަތިކޮށްފައިވާ ކަމަށެވެ. އެެހންވެ، އިންސާނީ ހައްގުތަކާއި، އަސާސީ ހައްގުތަކަށް ހަނިވާ ގޮތަށް ހުރި ކަންކަން ބެލުމަށް ކުރަންޖެހޭ މަސައްކަތް ކުރާނެ ކަމަަށް ވެސް ވަނީ ބުނެފަ އެވެ.

އެ އޮފީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށް ދެއްވާފައިވާ ކަމަށާއި އަމާޒަކީ ހުށަހެޅޭ މައްސަލަތައް އިންސާފުވެރިކަމާއިއެކު ބަލައި، ރާއްޖޭގެ މަސްލަހަތު ހިފެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުންކަމަށްވެސް އިންތިޤާލީ އިންސާފުގެ އޮފީހުންބުނެފައި ވެއެވެ.

އެ އޮފީހުން އިސްނަގައިގެންވެސް މައްސަލަ ބަލާނެކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވަނީ ބުނެފަ އެވެ.

ޤާނޫނު ނަންބަރު 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން، އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ގެއްލިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުގެ އެއްބާރުލުން ލިބުމަކީ އެ އޮފީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ އޮފީހުގެ މަސައްކަތްތަކަށް އާންމުންނާއި މަދަނީ ޖަމިއްޔާތަކާއި މީޑިއާތައް އަދި މިނޫންވެސް ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ވެސް ވަނީ އެދިފަ އެވެ.

އޮފީހުގެ އީމެއިލް އެޑްރެސް[email protected]

އޮފީހުގެ ވެބްސައިޓު www.otj.gov.mv

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.