ޔޫރޯ 2020: ހޭނެތިގެން އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު މެޗު ހުއްޓާލައިފި

މިހާރު ކުޅެމުން ދާ ޔޫރޯ ފުޓްބޯލަ މެޗުގައި މިރޭ ކުޅެމުން ދިޔަ ޑެންމާކްގެ އެޓޭކިން މިޑްފީލްޑަރ ކްރިސްޓެން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން ޑެންމާކާއި ފިންލެންޑް ކުޅެމުން ގެންދިޔަ މެޗު ކުރިޔަށް ނުގެންގޮސް ހުޢްޓާލައިފިއެވެ.

0 GettyImages 1233413389

އިޝްތިހާރު Below Header ad

ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ދާދީ ދެންމެ އަކު ކުޅެމުން ދިޔަ މި މެޗުގައި އެރިކްސަން ކުޅެމުން ދަނިކޮށް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނީ މެޗުގެ 43 ވަނަ މިނެޓުގައެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއި އެކު ރެފްރީ ވަގުތުން ކަށިގަނޑު ފުމެ މެޑިކަލް ސްޓާފުނަށް އިށާރާތް ކުރިތަން ފެނިގެން ދިޔައެވެ.

ދަނޑު މަތީގައި ގިނަ އިރުތަކެއް ވަންދެން އެރިކްސަން އަށް ސީޕީއާރް ދިންއިރު، އެއަށްފަހު އެރިކްސަން މިހާރު ވަނީ އެމަޖެންސީގައި އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

eriksen denmark euro

މި ކަމާ ގުޅިގެން ޔުއެފާއިން މެޗުން ކުރިޔަށް ނުގެންދަން ނިންމާފައިވާއިރު، މި މެޗު އަލުން ކުޅޭނީ ތޯ ނުވަތަ މިހާރު ހުއްޓާލި ހިސާބުން ކުރިޔަށް ގެންދާނީ ތޯ ވަކި ގޮތެއް ނުނިންމައެވެ.

 

މެޗުގެ ކުޅުން ކުރިޔަށް ނުގެންގޮސް ހުއްޓާލާފައިވާއިރު ދެޓީމުން ކުރެެ އެއްތީމަކަށް ވެސް ލަނޑެއް ނުޖެހެއެވެ.

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރިކްސަންގެ ހާލަތު މިހާރު ރަގަނޅުކަމަށް ރިޕޯޓުތަކުން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.