މިރޭ ލީގުކަޕުގައި ޔުނައިޓެޑާ ދެކޮޅަށް ނިކުންނަ ސިޓީގެ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ؟!

އިނިގިރޭސި ލީގުކަޕްގައި މިރޭ ވަރުގަދަ ސިޓީއާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުމަށް މިހާރުވެސް ގިނަބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

މި ދެޓީމުގެ ކުރިމަތި ލުމަކީ ގިނަބަޔަކު ބަލާލާހިއްވާ ފޯރިގަދަ ކުރިމަތި ލުމަކައްވެގެން ދެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެގޮތުން މިރޭގެ މެޗަކީވެސް ފޯރި އިތުރަށް ގަދަވެގެންދާނެ މެޗެކެވެ.

މި ދެޓީމު މިރޭގެ މެޗަށް ނިކުންންއިރު ދެޓީމަށްވެސް ވަނީ މައްސަތަކެއް ކުރިމަތިވެފައެވެ.

168795

އެގޮތުން މެންޗެސްޓާ ޔުނައިޓެޑު ވަނީ އެންމެ ފަހުން ލީގުގައި ކުޅުނުމެޗުން ޗެލްސީއަތުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ. ޔުނައިޓެޑު ޗެލްސީއަތުން ބަލިވީ 0-4 ގެ ނަތީޖާއިންނެވެ. ހަމަ އެގޮތަށް ސިޓީވެސް ވަނީ އެންމެ ފަހުން ޗެމްޕިއަންސްލީގުގައި ބާސާއާ ދެކޮޅަށް ކުޅެ ތަފާތުބޮޑުކޮށް ބަލިވެފައެވެ.

އޭގެ ފަހުން ލީގުގައިވެސް އެންމެ ފަހުން ސައުތެމްޕްޓަންއާ އެކޮޅަށް ކުޅުނު މެޗުންވެސް އެޓީމަށް ވަނީ މޮޅުވެވޭގޮތް ނުވެފައެވެ. ސިޓީ ކުޅުނު ފަސްމެޗުންވެސް މޮޅެއް ހޯދިފައި ނުވާއިރު މިރޭގެ މެޗުގައި އެޓީމަށް އިތުރު އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުމަކީ ކައިރި ކަމެކެވެ.

މި މެޗުތަކުން ބަލިވުމުގެ އަސަރު އަދިވެސް ދެޓީމަށްވެސް ވަނީކޮށްފަކަމަށް ގަބޫލް ކުރެވޭއިރު މިރޭގެ މެޗަށް ނިކުންނައިރު ދެޓީމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްބެލެވެއެވެ.

manchester-united-v-manchester-city-premier-league

މިރޭ ޔުނައިޓެޑާ ދެކޮޅަށް ސިޓީ ނިކުންނައިރު އެޓީމުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކީޕަރު ކްލައުޑިއޯ ބްރާވޯގެ ބަދަލު މިރޭ ފުރަތަމަ އެގާރައިގައި ހިމެނިގެން ސިޓީގެ ގޯލް ބަލަހައްޓާނީ ވިލީ ކަބެލެރޯ އެވެ. މީގެ އިތުރުން ކެވިން ޑެބުރޫން އާއި ބަކާރީ ސަންޔާ އަދި ޕަބްލޯ ޒަބަލެޓާވެސް މިރޭގެ މެޗުގައި ނުކުޅޭނެއެވެ. މި ކުޅުންތެރިންނަށް ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ.

zlatan-ibrahimovic-manchester-united-manchester-city_p6d7rk2n9t921siatns9hj10c

މީގެއިތުރުން މެންޗެސްޓާ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ މިރޭގެ މެޗަށް އެކުލަވާލި ޓީމުގެ ފުރަތަމަ  އެގާރައިން ޑޭވިޑް ސިލްވާ ، ސާޖިއޯ އަގުއޭރޯ ، ޖޯން ސްޓޯން ގެ އިތުރުން ފެނާންޑީނިއޯވެސް ހިމަނާފައެއް ނުވެއެވެ.

އޭގެ ބަދަލުގައި މިރޭގެ މެޗަށް ނަގާފައިވާ ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިންނަކީ :

city-united-xi_c67l4lzzutsw1hls2c9cjbt3r

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.