
އަންހެނަކު ބަނޑަށް ހަތް މަހުގައި ކޯމާއަކަށް ދިޔަ ގޮތަށް 10 މަސް ފަހުން ހޭއަރައިފި
އިޓަލީވިލާތުގެ އަންހެނަކު ބަނޑަށް ހަތް މަހުގައި ކޯމާއަކަށް ދިޔަ ގޮތް އޭގެ 10 މަސް ފަހުން ހޭއަރައިފި އެވެ.
އުމުރުން 37 އަހަރުގެ ކްރިސްޓީނާ ރޯސީ ކިޔާ އެމީހާ ކޯމާއަކަށް ދިޔިއީ ބަނޑަށް ހަތް މަހުގައި ހާޓް އެޓޭކެއް ޖެހިގެން ނެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެވެ.
އޭނާއަށް ހާޓް އެޓޭކު ޖެހުމުން ޑޮކްޓަރުން ވަނީ ސިޒޭރިއަން ހަދައި ބަނޑުގައޮތް ދަރިފުޅުނު ނަގާފައި އެވެ. ހާޓް އެޓޭކު ޖެހުމާއި އޭނާ ސިކުނޑި ހުއްޓުނު ކަމަށް ޑޮކްްޓަރުން ބުނެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހޭ އެރުމުން އެންމެ ފުރަތަމަ އޭނާ ގޮވާލާފައިވަނީ މަންމަ އަށެވެ. ކްރިސްޓާނާ ޙޭއެރި އިރު ކައިރީގައި ތިބީ މަންމަ އާއި ފިރިމީހާ އެވެ. އެކަމަކު އޭނާ މާ ގިނަ އެއްޗިއްސެއް ހަނދާނެއް ނެތް ކަމަށްވެ އެވެ.
ކްރިސްޓީނާ ހޭ އަރާފައި މިވަނީ އިޓަލީގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އޮސްޓްރޭލިއާއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ގައުމުން ބޭރުގައި އޭނާއަށް ފަރުވާ ދިނުމަށް މިހާތަނަށް 208،000 އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައިވަނީ އޮންލައިންކޮށް ޕޭޖަކުން ހިންގި ފަންރައިޒިން ހަރަކާތެއްގެ ތެރެއިން ކަަމަށްވެ އެވެ.
ކްރިސްޓީނާ ވިހޭ ދަރިފުޅަށް ކިޔާފައިވަނީ ކެތަރިން އެވެ. ކްރިސްޓީނާއަށް ޖެހުނު ހާޓް އެޓޭކުގެ ސަބަބުން ސިޒޭރިއަން ހައްދައި ދަރިފުޅު ނެގުމާއި ހިސާބަށް ވަރަށް ބޮޑަށް އޮކްސިޖަން މަދުވެފައިވާތީ ކެތަރިންއަށް ވަނީ އެތައް މަހެއް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެެވެ.