ޔޫރޯ 2020: މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ އިޓަލީގައި

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ ޢީދު ކަމުގައިވާ ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންޝިޕް ނުވަތަ ޔޫރޯ 2020 ފެށުމުގެ ރަސްމިޔާތު މިރޭ އޮންނާނެއެވެ.

އެގޮތުން މިރޭ ރާއްޖޭ ގަޑިން 11:00 ގައި ޔޫރޯ ފެށުމުގެ ރަސްމިއްޔާތު ކުރިޔައްދާނީ މުބާރާތުގެ ފުރަތަމަ ހުޅުވާ މެޗު ކުޅެން ހަމަ ޖެހިފައިވާ އިޓަލީގެ ރޯމުގެ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. މި ރަސްމިޔާތަށް ފަހު މުބާރާތް ހުޅުވާ މެޗު ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ފެށޭއިރު މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ އިޓަލީ އާއި ތުރުކީއެވެ.

އިޝްތިހާރު Below Header ad

މުބާރާތް ހުޅުވުމަށް ބޭއްވޭ ރަސްމިޔާތު ކުލަގަދަ ކޮށް އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ފެށިގެންދާއިރު މި ރަސްމިޔާތުގައި ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. އެގޮތުން ދުނިޔޭގެ ބައެއް މަޝްޙޫރު ލަވަކިޔުންތެރިންގެ ލަވަތަކާއި ދުނިޔޭގެ ބައެއް މަޝްޙޫރު ފަންނާނުންގެ ފަރިހަރަކާތްތައް މި ރަސްމިޔާތުގައި ފެނިގެންދާނެއެވެ. މީގެ އިތުރުން  އިޓަލީގެ ސަގާފަތް ދައްކުވައިދޭ ތަފާތު ނެށުންތަކާއި ތަފާތު ހަރަކާތްތައްވެސް މިރޭގެ ރަސްމިޔާތުގައި ފެނިގެންދާނެއެވެ. 

މިރޭ ފަށާ ޔޫރޯ މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ އަދި ތުރުކީ ބައްދަލުކުރާ އިރު، މި މެޗު ބެލުމަށް 15948 ސަޕޯޓަރުން ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމަށްވެސް ޔޫއެފާއިން މިހާރު ވަނީ ނިންމާފައެވެ. މިއީ އެ ސްޓޭޑިއަމަށް ވަދެވޭ ޖުމްލަ އަދަދު ކަމުގައިވާ 70000ގެ 25 އިން ސައްތައެވެ.

އިޓަލީގެ ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމް އަކީ އިޓަލީގެ ސްޓޭޑިއަމްތަކުގެ ތެރެއިން ޖާގައިގެ ގޮތުން އެންމެ ބޮޑު އެއް ސްޓޭޑިއަމްއެވެ.

ޔޫރޯ 2020ގެ ހުޅުވާ މެޗު މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައި ފެށޭއިރު، މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ އިޓަލީ އަދި ތުރުކީއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.