ޔޫރޯ 2020 ޓީމް ޕްރޮފައިލް – ބެލްޖިއަމް

ބެލްޖިއަމް އަކީ ޔޫރަޕް ފުޓްބޯޅައިގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ގައުމެއް ނޫނެވެ. މޮޅެތި ކުޅުންތެރިން އުފެދުނު ނަމަވެސް މާ ރަނގަޅު ނަތީޖާތަކެއް ނުރެވޭ ޓީމެއް ނޫނެވެ. ބެލްޖިއަމް އަކީ ގަވައިދުން ޔޫރޯއަށް ކޮކިފައިވާ ގައުމެއް ވެސް ނޫނެވެ. އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 1972 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގައި އެގައުމުން ސެމީއާއި ހަމައަށް ދަތުރުކޮށްފައިވެއެވެ. އޭގެ ފަހުން 1980 ވަނަ އަހަރު އިޓަލީގައި ބޭއްވުނު މުބާރާތުގައި އެއްކޮޅުން ފައިނަލް ކުޅެފައިވެއެވެ. ނަމަވެސް ތައްޓާއި ހަމައަށް ފޯރާވަރެއް ނުވިއެވެ. ދެން ވާދަކުރި ދެ މުބާރާތުގައިވެސް ބެލްޖިއަމް ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގައި ކުއާޓާއަށް ދަތުރުކުރިއެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

ބެލްޖިއަމް މިފަހަރުގެ ޔޫރޯ މުބާރާތައް ކޮލިފައިވީ އެ ޓީމު ހިމެނޭ ކޮލިފައިން ގުރޫޕު އައިގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ޔޫރޯއަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު 10 މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގައެވެ. ބެލްޖިއަމް އާއި އެންމެ ގާތުން ވާދަކުރީ ރަޝިއާއެވެ. ރަޝިއާ ގުރޫޕުގެ ދެވަނާގައި އޮތީ 24 ޕޮއިންޓާއި އެކުގައެވެ.

ކޯޗު

gettyimages 1148746104 1024x1024 1

ބެލްޖިއަމްގެ ކޯޗަކީ ސްޕެއިންއަށް ނިސްބަތްވާ ރޮބާޓޯ މާޓިނޭޒްއެވެ. އުމުރުން 47 އަހަރުގެ ރޮބާޓޯ މާޓިނޭޒަކީ، ފުޓުބޯޅަ ކުޅުންތެރިޔެއްގެ ހައިސިއްޔަތުން މާކާމިޔާބު މީހެއް ނޫނެވެ. ނަމަވެސް ކޯޗިން ކެރިއަރުގައި ކާމިޔާބީތަކެއް ވަނީ ހޯދާފައެވެ. އެގޮތުން 2012 ވަނަ އަހަރު ވިގަން އެތްލެޓިކްސް އަށް އިނގިރޭސި އެފްއޭކަޕް ކާމިޔާބު ކޮށްދީ ސްވެންސީ ސިޓީއަށް 2008 ވަނަ އަހަރުގެ އިނގިރޭސި ފުޓްބޯޅަ ލީގު ވަން ކާމިޔާބުކޮށްދީފައި ވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބެލްޖިއަމް ގައުމީޓީމް ސެމީއާއި ހަމައަށް ގެންގޮސްދިނެވެ. އިނގިރޭސި ކުލަބު އެވަޓަންއަށް ވެސް ކޯޗު ކޮށްދީފައިވާ މާޓިނޭޒް ބެލްޖިއަމް ގައުމީޓީމާއި ހަވާލުވީ 2016 ވަނަ އަހަރުގައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ މާޓީނޭޒްގެ ކޯޗުކަމުގެ ދަށުން ބެލްޖިއަމް ކުޅޭ ފުރަތަމަ ޔޫރޯ މުބާރާތެވެ.

ކީޕްލޭޔަރ

process

އެޑެން ހަޒާޑް-  ރެއާލް މެޑްރިޑަށްކުޅެމުން އަންނަ ފޯވާޑް އެޑެން ހަޒާޑު އަކީ މިވަގުތު ބެލްޖިއަމްގައި ހުރި އެންމެ ގޯލާރައްޓެހި އިތުބާރު އެއް ފޯވާޑެވެ. އަދި ތަޖުރިބާ އާއި ހުނަރުގެ ގޮތުންވެސް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އަނިޔާގެ ބޮޑެތި މައްސަލަތަކާހުރެ ނިމިގެން ދިޔަ ފުޓުބޯޅަ ސީޒަންގެ ބޮޑުބައެއް އޭނާއަށް ގެއްލުނެވެ. އެހެން ކަމުން ހަޒާޑްގެ އަސްލުކުޅުން ރެއާލް މެޑްރިޑްގައި ދެއްކޭގޮތް ވަނީ ނުވެފައެވެ.
2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާ ރެއާލް އަށް ކުޅެދިން 30 މެޗުގައި ޖެހިފައިވަނީ އެންމެ ހަތަރު ގޯލެވެ. މިއީ އޭނާގެ ފެންވަރާއި އަޅާކިޔާއިރު، މަދު އަދަދެކެވެ. 2008 ވަނަ އަހަރު ބެލްޖިއަމްގެ ގައުމީޓީމަށް ކުޅެންފެށި ހަޒާޑް ވަނީ މިހާތަނަށް ގައުމީޓީމަށް 107 މެޗު ކުޅެދީ 32 ގޯލު ޖަހާފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ގްރޫޕް ސްޓޭޖްގައި ބެލްޖިއަމްއޮތީ ނިސްބަތުން ފަސޭހަ ގްރޫޕެއްގައެވެ. އެއީ ގުރޫޕު ބީއެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، ޑެންމާކް، ރަޝިޔާ އަދި ފިންލޭންޑެވެ. ބެލްޖިއަމްގައި މިހާރު ތިބި ކުޅުންތެރިންނާއި އަޅާބަލާއިރު މި ގުރޫޕަކީ އެޓީމަށް މާ އުނގަދު ގުރޫޕެއް ކަމަށް ނުބެލެވެއެވެ. ބެލްޖިއަމް އަކީ މި ގުރޫޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެކެވެ.

ގުރޫޕު ސްޓޭޖުގައި ކުޅޭ މެޗުތައް

12 ޖޫން – ބެލްޖިއަމް – ރަޝިއާ
17 ޖޫން – ބެލްޖިއަމް – ޑެންމާކް
21 ޖޫން – ބެލްޖިއަމް – ފިންލެންޑް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.