ޚަބަރު ފީތާ

ކޮވިޑް-19: ރާއްޖެއިން އިތުރު 552 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 552 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 68،502 އަށް އަރާފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިރޭ އިރުއޮއްސުމާއި ހަމައަށް ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 271 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 249 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން ވެސް 31 މީހަކު ޕޮޒިޓިވްވެފައި ވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 18،462 މީހުންނެވެ. މި އަދަދާއި އެކު މިހާތަނަށް ކޮވިޑް ބަލިން ރަނގަޅުވި ޖުމްލަ އަދަދު ވަނީ 49،844 އަށް އަރާފައެވެ.

މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 164 މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ނުވަ މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވެންޓިލޭޓަރުގައި އޮތްއިރު، ހަތަރު މީހަކު އޮތީ އައިސީޔޫގަ އެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔީގައި  އަށް މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދަށް ބަލާއިރު، ކޮވިޑްގައި މިއަދު ތިން މީހަކު ވަނީ މަރުވެފައެވެ. މިއާއި އެކު މިއަދާ ހަމައަށް ޖުމްލަ 185 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ކޮވިޑް-19: ރާއްޖެއިން އިތުރު 552 މީހަކު ޕޮޒިޓިވްވެއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.