ޔޫރޯ 2020 ޓީމް ޕްރޮފައިލް- އޮސްޓްރިއާ

އޮސްޓްރިއާ އަކީ ވެސް ޔޫރަޕް ފުޓްބޯޅައިގައި މާ ކާމިޔާބު ގައުމެއް ނޫނެވެ. މިހާތަނަށް ޔޫރޯގައި ކާމިޔާބެއް ލިބިފައިނުވާ އޮސްޓްރިއާ އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކަުރީ އަމިއްލަ ގައުމުގައި 2008 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގެ ގުރޫޕް ސްޓޭޖުން އޮސްޓްރިއާ ކެޓިއިރު ދެން އެގައުމު ވާދަކުރީ 2016 ވަނަ އަހަރު ޔޫރޯ މުބާރާތުގައެވެ. ފްރާންސްގައި ބޭއްވުނު މި މުބާރާތަކީ އެ ގައުމުގެ ތާރީޚުގައިވެސް ކުޅުނު ދެވަނަ ޔޫރޯ މުބާރާތެވެ. މި މުބާރާތުގައިވެސް އޮސްޓްރިއާ ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

ކޮލިފިކޭޝަންގައި އޮސްޓްރިއާ ލައްވާލާފައިވަނީ ގްރޫޕް ޖީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ، ޕޮލަންޑް ސްލޮވީނިއާ އާއި ލެޓިވިއާ އާއި އިސްރާއީލް އަދި ނޯތް މެސެޑޯނިއާއެވެ.

އޮސްޓްރިއާ ވަނީ، ކޮލިފިކޭޝަންގައި ކުޅުނު 10 މެޗުގެ ތެރެއިން، 6 މެޗު ކާމިޔާބުކޮށްފައެވެ. އަދި އެއް މެޗު އެއްވަރުވެގެން ނިމުނުއިރު، ތިން މެޗުން ވަނީ ބަލިވެފައެވެ.

އޮސްޓްރިއާ ޔޫރޯއަށް ކޮލިފައިވީ، 19 ޕޮއިންޓާއެކީ އެޓީމު ހިމެނުނު ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

ކޯޗު

dmYUh9U6oVRC2m4eQGwFZS 320 80
އޮސްޓްރިއާ ކޯޗުކަމާއި މިވަގުތު ހަވާލުވެ ހުރީ ޖަރުމަނަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފްރެންކް ފޯޑާއެވެ. 2018 ވަނަ އަހަރު އޮސްޓްރިއާގެ ގައުމީޓީމާއި ހަވާލުވި ފޯޑާ އަކީ ކޯޗިން ކެރިއަރުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ވެސް ހޯދާފައިވާ ފަރާތެކެވެ. ނަމަވެސް އެއީ ކުލަބު ލެވެލްގައެވެ. އެގޮތުން އޭނާ ވަނީ އެންމެ ފަހުން އިރުޝާދު ދިން އޮސްޓްރިއާގެ ކުލަބެއް ކަމުގައިވާ ސްޓާމް ގްރޭޒް އަށް 2010 ވަނަ އަހަރު އޮސްޓްރިއަން ކަޕަކާއި އަދި 2011 ވަނަ އަހަރު އޮސްޓްރިއާ ލީގު އެ ކުލަބަށް ހޯދަދީފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ ފޯޑާގެ ކޯޗިން ކެރިއަރުގައި ގައުމީ ފެންވަރުގައި ކުރާ ފުރަތަމަ ތަޖުރިބާއެވެ.

ކީޕްލޭޔަރ

https therealchamps.com wp content uploads getty images 2017 07 1205292189

އޮސްޓްރިއާ ޓީމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ، އެޓީމުގެ ފުލްބެކް ޑޭވިޑް އަލާބާއެވެ. ބަޔާން މިއުނިކާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އަލާބާއަކީ، އޮސްޓްރިއާ މިފަހަރު ޔޫރޯއަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އުމުރުން 28 އަހަރުގެ އަލަބާ އޮސްޓްރިއާގެ ގައުމީޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގައެވެ. އޭގެ ފަހުން އަލަބާ އޮސްޓްރިއާގެ ގައުމީޓީމަށް ކުޅެދިން 81 މެޗުގައި 14 ގޯލް ވަނީ ޖަހައިދީފައެވެ. މިފަހަރުގެ މުބާރާތަކީ އަލަބާގެ ދެވަނަ ޔޫރޯ މުބާރާތެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ މުބާރާތުގައި އޮސްޓްރިއާ ލައްވާލީ ގުރޫޕް ސީގައެވެ.
މި ގުރޫޕުގައި ދެން ހިމެނެނީ ނެދަލެންޑް، ޔޫކްރެއިން އަދި ނޯތް މެސެޑޯނިއާއެވެ. މި ގުރޫޕަކީ އޮސްޓްރިއާއަށް މާ އުނދަގޫ ގުރޫޕެއް ކަމަށް ނުބެލެވެއެވެ. މި ގުރޫޕުގައި ދެން އޮތީ ހައްތާވެސް އޮސްޓްރިއާއަށް ވާދަކޮށްލެވޭ ފެންވަރުގެ ޓީމުތަކެވެ.

ގުރޫޕް ސްޓޭޖުގައި ކުޅޭ މެޗުތައް

13 ޖޫން – އޮސްޓްރިއާ – ނޯތް މެސެޑޯނިއާ
17 ޖޫން – އޮސްޓްރިއާ – ނެދަލެންޑް
21 ޖޫން – އޮސްޓްރިއާ – ޔޫކްރެއިން

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.