ޚަބަރު ފީތާ

ކަރީނާ ފިލްމު ކުޅެދޭ އަގު 12 ކްރޯޑަށް ބޮޑުކޮށްފި، ޑައިރެކްޓަރުން އާދޭސް ކުރުމުންވެސް ގޮތް ދޫނުކުރި!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ފިލްމު ކުޅެދޭ އަގު12 ކްރީޑް ރުޕީސްއަށް ބޮޑުކޮށްފި އެވެ.

ކަރީނާ މިވަގުތު ހުރީ ދެވަނަ ދަރިފުޅު ވިހައިގެން ފިލްމީ މަސައްކަތްތަކާއި ދުރުގަ އެވެ. މިދިޔަ ފެބްރުއަރީ21 ވަނަ ދުވަހު ވިހޭ ކަރީނާ މިހާރު ދަނީ ބޮލީވުޑް މަސައްކަތްތައް އަލުން ފެށުމަށް ހަށިގަނޑު ލޫޅާފަތި ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކަރީނާ ބޮލީވުޑަށް ނުކުންނާނެ ދުވަސް ނުވަތަ ފިލްމު އަދި އިއުލާނު ނުކުރާއިރު މިހާރުވެސް އެންމެ މަޝްހޫރު ފިލްމު އުފައްދާ ފަރާތްތަކުން ދަނީ އޭނާއަށް ފިލްމުތައް ހުށަހަޅަމުން ނެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ރަންވީރު ސިންގް ސޮއި ކޮށްފައިވާ ފިލްމު “ސީތާ” އެވެ.

ކަރީނާ އެ ފިލްމު ކުޅެދޭން ފުރަތަމަ ކިޔާފައިވަނީ 6-8 ކްރޯޑް ރުޕީސް އާއި ދެމެދުގެ އަގެކެވެ. އެކަމަކު ފަހުން ކަރީނާ ވަނީ އެ ފިލްމު ކުޅެދޭނީ12 ކްރޯޑް ރުޕީސް އަށް ކަމަށް ބުނެފަ އެވެ.

މިކަމާއި ގުޅިގެން ޕްރޮޑިއުސަރުން އަނބުރައިގެންނަން ކައިރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ކަރީނާގެ ބަދަލުގައި އަލަށް ދާއިރާއަށް ނުކުމެގެން އުޅޭ އަންހެން ތަރިންނާއި ދިމާލަށް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން މިސްރާބު ޖަހާފައިވާ ކަމަށް ބުނެ އެވެ.

އެކަމަކުވެސް ކަރީނާ އޭނާގެ ނިންމުގައި އަދިވެސް ދަނީ ގޮތް ދޫނުކޮށް ހިފަހައްޓަމުންނެވެ.

Like
Like Love Haha Wow Sad Angry
1

ޚިޔާލު 1 on "ކަރީނާ ފިލްމު ކުޅެދޭ އަގު 12 ކްރޯޑަށް ބޮޑުކޮށްފި، ޑައިރެކްޓަރުން އާދޭސް ކުރުމުންވެސް ގޮތް ދޫނުކުރި!"

  1. Crowd tha noonee crore tha kiyanee

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.