އިންޑިއާގައި 18 އަހަރުން މަތީގެ އެންމެންނަށް ސަރުކާރުން ހިލޭ ކޯވިޑް ވެކްސިންް ޖަހައިދެނީ

އަވައްޓެރި އިންޑިއާގައި ކޯވިޑް-19 ވެކްސިން18 އަހަރުން މަތީގެ އެންމެންނަށް ސަރުކާރުން ހިލޭ ޖަހައިދޭން ނިންމައިފި އެވެ.

އެ ގައުމުގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން މިހާރު ދަނީ ކޭސްތައް ފެންނަލެއް މަދުވަމުންނެވެ. އެހެންވެ އެ ގައުމުގެ ބައެއް ސްޓޭޓްތަކުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަސް ވަނީ ލުއި ދޭން ފަށާފައި އެވެ.

އިޝްތިހާރު Below Header ad

ފިޔަވަޅުތަކަށް ލުއި ދޭން ފެށުމާއި އެކު މިއަދު ގައުމާއި މުހާތަބު ކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ރައްޔިތުންނަށް ހިލޭ ވެކްސިން ޖަހައިދޭން ފަށާނެ ކަމަށެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކާއި އަމިއްލަ ހޮސްޕިޓަލްތަކުންވެސް ހިލޭ ކޯވިޑް ވެކްސިން ޖަހަން ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ އަމިއްލަ ހޮސްޕިޓަލްތަކުން ކޯވިޑް ވެކްސިން ހިލޭ ޖެހުނު ކަމަށް ވިޔަސް ހިދުމަތުގެ ފީއެއް ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެކަމަކު ސަރުކާރާއި ހޮސްޕިޓަލްތަކާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިދުމަތުގެ ފީގެ ގޮތުގައި 150 ރުޕީސްއަށްވުރެ އިތުރަށް ނުނެގޭނެ ކަމަށެވެ.

އިންޑިއާ ރައްޔިތުންނަށް ދިނުމަށް ބޭނުންވާ ވެކްސިންގެ 75 ޕަސެންޓު ވެކްސިން އުފައްދާ ކުންފުނިތަކުން ގަންނާނީ ސަރުކާރުން ކަމަށް މޯދީ ވިދާޅުވި އެވެ. އަދި އަނެއް 25 ޕަސެންޓު ވެކްސިން ޑޯޒުތައް ގަންނާނީ އަމިއްލަ ހޮސްޕިޓަލްތަކުންނެވެ.

ވެކްސިންް ރައްޔިތުންނަށް ބޭނުންވާ ވަރަށް އުފެއްދުމަށް ސަރުކާރު ހިއްސާވާ ހަތް ކުންފުންޏަކުން ކޯވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވި އެވެ. އަދި ބޭރު ގައުމުތަކުން ވެކްސިން ގަތުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިހާތަނަށް އިންޑިއާގައި232 މިލިއަން މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ.

މީގެ އިތުރުން މިއަދުގެ ހިތޯބުގައި މޯދީ ވަނީ ކޯވިޑާއި ގުޅިގެން ހާލުގައި ޖެހި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދެމުންދާ ކާބޯތަކެތީގެ އެހީ800 މިލިއަން ރުޕީސްއަށް އިތުރު ކުރަން ނިންމާފައިވާކަންވެސް އިއުލާނު ކުރައްވާފައި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.