ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފެރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

ހަކަތައިގެ ދާއިރާއަށް ޚާއްސަ އިންވެސްޓަރ ކޮންފެރެންސެއް ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ނިންމައިފިއެވެ.

ވަރލްޑް ބޭންކާއި އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް އާއި ގުޅިގެން ވާރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފްރެންސް އޮންނާނީ ޖޫ 23 ވާ ބުދަ ދުވަހު ރާއްޖެ ގަޑިން 4 ޖަހާއިރު އެވެ.

އިޝްތިހާރު Below Header ad

މިކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ 2030 ވަނަ އަހަރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ވުމަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި އަމާޒުހިފާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށާއި ރާއްޖޭގައި ހަކަތައިގެ ދާއިރާގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް ފޯރުކޮށްދިނުމެވެ.

އެގޮތުން މިހާރުވެސް ވަރލްޑް ބޭންކްގެ އެހީގައި ދިވެހި ސަރުކާރުން ކުރިއަށްގެންދާ އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނަރޖީ – އެސްޕަޔަރ ޕްރޮޖެކްޓް އަދި އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ – އެރައިސް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުތަކަށް އެންމެ ރަނގަޅު އިންވެސްޓްމަންޓް ފުރުސަތުތަށް ހޯދުމަކީވެސް މިކޮންފަރެންސްގެ ޒަރީއާއިން ފަހިވެގެންދާނެ ކަމެކެވެ.

މިކޮންފެރެންސް ފެށުމުގެ ގޮތުން ދެއްވާ ޚާއްސަ ތަޤްރީރުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އާމިނަތު ޝައުނާ، ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ދިވެހި ސަރުކާރުންގެ ގެންގުޅުއްވާ ތަސައްވުރު ހުށަހަޅުއްވައިދެއްވާނެ އެވެ.

މި ކޮންފަރެންސްގައި ތަޤްރީރުކުރައްވާ އެހެން ބޭފުޅުންގެ ތެރޭގައި އިންޓަރނެޝަނަލް ސޯލަރ އެލަޔަންސް ގެ ރައީސް އަދި އިންޑިއާގެ ނިއު އެންޑް ރިނިއުވަބަލް އެނަރޖީ މިނިސްޓަރ ރާޖް ކުމާރު ސިންގް ވެސް ހިމެނިވަޑާއިގަންނަވަ އެވެ.

މިކޮންފަރެންސްގައި ކުދި ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީގައި ހަކަތައިގެ އިންފްރާސްޓަރަކްޗަރގެ ދައުރާއި ބެހޭގޮތުން ވާހަކަދެއްކެވުމަށް ޚާއްސަ ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ.

މިޕެނަލް ޑިސްކަޝަންގައި ސޭޝަލްސްގެ ތިމާވެށީގެ ވަޒީރު ފްލެވިއަން ޖޯބާރޓް އާއި ސްރިލަންކާގެ ހަކަތައިގެ ވަޒީރު ދުއްލަސް އަލަހައްޕެރުމާ އާއި މޮރިޝަސްގެ ހަކަތައިގެ ވަޒީރު ޖޯޖް ޕިއަރޭ ލެސްޖޮންގާޑް އަދި ދިވެހިރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓަރީގެ ޕާމަނަންޓް ސެކްރަޓަރީ އަޖްވަދު މުސްތަފާ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިކޮންފަރެންސްގައި ބައިވެރިވުމުގެ ސުންގަޑިއަކީ 21 ޖޫން 2021 ވާ އަންގާރަދުވަހުގެ ނިޔަލަށެވެ.

ކޮންފަރެންސްގައި ބައިވެރިމަށް: https://eic.environment.gov.mv/

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.