ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުން އުފަންވިކަން އިއުލާނުކޮށްފި، ނަމަކީ “ލިލީބެޓް ޑަޔާނާ”

އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ޒިންމާތަކުން އެކަހެރިވެވަޑައިގެން ހުންނެވި ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ދެވަނަ ދަރިފުޅު އުފަންވެއްޖެކަން އިއުލާނުކޮށްފި އެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދަރިކަނބަލުން އުފަންވެ ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ދަރިކަނބަލުންނަށް ދީފައިވާ ނަމަކީ ލިލީބެޓް ޑަޔާނާ ކަމަށް ބުނެފައިވެ އެވެ.

އިޝްތިހާރު Below Header ad

އެ ނަން ކީ ގޮތާއި ގުޅޭގޮތުން ބުނެފައިވަނީ ނަން ގުޅުވާފައިވަނީ ޕްރިންސް ހެރީގެ މާމާފުޅާއި އަވަހާރަވެފައިވާ މަންމާފުޅާއި ކަމަށެވެ. އެގޮތުން ލިލީބެޓް އަކީ ޝާހީ އާއިލާއިން ރާނީ އެލިޒަބަތަށް ލޯބިން ކިޔާ ނަން ކަމަށާއި ދަރިކަނބަލުންގެ ނަމަށް ޑަޔާނާ ލާފައިވަނީ މަންމާފުޅުގެ ހަނދާން އާކުރުމުގެ ގޮތުން ކަމަށެވެ.

ދަރިކަނބަލުން އުފަންވެފައިވަނީ އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައި ކަމަށާއި ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ބުނެ އެވެ. ބަޔާނުގައިވާ ގޮތުން ދަރިކަނބަލުން އުފަންވި އިރު ބަރުދަނަކީ 3.4 ކިލޯގްރާމެވެ.

މި ދަރިކަނބަލުން ވާނީ ރާނީ އެލިޒަބަތުގެ 11 ވަނަ މުނިމާމަ ދަރިކަލުންނެވެ. އަދި މިއީ އިނގިރޭސި ތަޚުތަށް އޮތް ތަރުތީބަށް ބަލާ ނަމަ އަށް ވަނަ އަށް ހުންނެވި ބޭފުޅާ އެވެ.

ޕްރިންސް ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިކަލުންނަކީ ޕްރިންސް އާޗީ ހެރިސަން އެވެ. ޕްރިންސް އާޗީގެ އުމުރުން މިހާރު ދެ އަހަރެވެ.

ޕްރިންސް ހެރީ ޝާހީ އާއިލާ އާއި ދުރަށް ވަޑައިގެން ޝާހީ ޒިންމާތަކުން އެކަހެރިވަޑައިގެންފައިވަނީ މިދިޔަ އަހަރު ކުރީކޮޅު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.