ޚަބަރު ފީތާ

ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ 14 މީހުން މަރުވެ ދެލައްކަ އަށްވުރެ މީހުން ހާލުގައި ޖެހިއްޖެ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް 14 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

ލަންކާއަށް ހުއްޓުމެންނެތި ވާރޭ ވެހެމުންދާތާ މިހާރު ހަތަރު ދުވަސް ވެއްޖެ އެވެ. ބުރާސްފަތި ދުވަހު ވެހެން ފެށި ވާރޭގައި ބައެއް ސަރަހައްދުގައި ފެންބޮޑުވެ ޗަޖަ ބޮޑުވުމުގެ ހާދިސާތައްް ދަނީ ކުރިމަތިވަމުންްނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެންމެ ބޮޑަށް ވިއްސާރައިގަ ގެއްލުން ލިބެމުން ދަނީ ވެރިރަށް ކޮލަމްބޯ އާއި 88 ކިލޯ މީޓަރު ދުރުގައި އޮންނަ ކެގައްލޭ ޑިސްޓްރިކްޓަށާއި ނަޓްނާޕޫރާ ޑިސްޓްރިކްޓުންނެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ބުނީ ވިއްސާރައިގަ މަރުވި މީހުންްގެ ތެރެއިން ބައެއް މީހުން މަރުވެފައިވަނީ ޗަކަގަނޑުތަކުގައި ތާށިވެގެން ސަލާމަތް ނުވެވިގެން ކަމަށެވެ. އަދި ޗަކައާއި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަސް ވަރަކަށް މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި އަނެއް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އަދި މިހާރު އެ ގައުމަށް ކުރަމުންދާ ވިއްސާރައިގަ މިހާތަނަށް 245،000 މީހުންގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ކަމަށް ބުނެ އެވެ. އޭގެ މީގެ އިތުރުން 15,658 މީހުން ރައްކާތެރި ހިސާބުތަކަށް ގެންދެވިފައިވާ ކަމަށާއި މިހާތަނަށް 800 އަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެފައިވާ ކަމަށް ބުނެ އެވެ.

އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ކުރިޔަށް އޮތް ހަފްތާ ތެރޭގައި އެ ގައުމަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފައި އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ލަންކާއަށް ކުރަމުންދާ ވިއްސާރައިގަ 14 މީހުން މަރުވެ ދެލައްކަ އަށްވުރެ މީހުން ހާލުގައި ޖެހިއްޖެ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.