ކޯވިޑްގެ ކޭސްތައް މަދުވާން ފެށުމުން އިންޑިއާގައި ފިޔަވަޅުތަކަށް ލުއިދޭން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިންްޑިއާގެ ބައެއް ސިޓީތަކުގައި ލުއިދޭން ނިންމައިފި އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހު އިންޑިއާއިން ވަނީ ކޯވިޑްގައި ވޭން ހުރި ދުވަސްތަކެއް ހޭދަކޮށްފައި އެވެ. ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވި އިރު ބައެއް ދުވަސް ދުވަހު ހާހަކަށްވުރެ ގިނަ މީހުންް މަރުވެފައިވެ އެވެ.

އިޝްތިހާރު Below Header ad

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކޯވިޑްގައި މިދިޔަ ދެމަހު އެންމެ ގިނަ މީހުން ޕޮސިޓިވްވެ އަދި މަރުވި، ވެރިރަށް ނިއުދިއްލީ އާއި ވިޔަފާރީގެ މައި ސިޓީ މުމްބާއީގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދޭން ދެ ސިޓީގެ ސަރުކާރުން ވަނީ ނިންމާފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ދެ ސިޓީގެ 50 ޕަސެންޓު ހުޅުވާލާނެ ކަމަށް ބުނެ އެވެ.

އެގޮތުން އޮފިސްތައް ހުޅުވައި ހަވީރު 4:00 ގެ ނިޔަލަށް މަސައްކަތް ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު ރެސްޓޯރެންޓް އަދި ކެފޭތައްވެސް އެހާއިރަށް ހުޅުވައިގެން ހިދުމަތް ދިނުމުގެ ހުއްދަ ދީފައިވެ އެވެ. އަދި 50 މީހުން ބައިވެރިކޮށްގެން ކައިވެނި ހަފްލާތައް ބޭއްވުމުގެ ހުއްދަ ދީފައިވާއިރު މީހުން މަރުވުމުން ޖަނާޒާގައި ގިނަ ވެގެން 20 މީހުން ބައިވެރިވުމުގެ ހުއްދަ ދީފައިވެ އެވެ.

މޯލްްތަކާއި ސިނަމާތައް ހުޅުވުމުގެ ހުއްދައެއް ނުދެ އެވެ. އަދި ރޭލު ދަތުރުތައް ގަވައިދުންް ނުކުރި ނަމަވެސް އާންމު ބަސްދަތުރުތައް ކުރިއެކޭ އެގޮތަށް ވަކި އަދަދަކަށް މީހުން އަރުވައިގެން ޝެޑިއުލާއި އެއްގޮތަށް ކުރާގޮތަށް ވަނީ ނިންމާފަ އެވެ.

މި ދެ ސިޓީގައި ފިޔަވަޅުތަކަށް ލުއި ދޭން ނިންމި ނަމަވެސް ޓަމިލް ނާޑޫ އާއި ހިމާޗަލް ޕްރަދޭޝް ފަދަ ސްޓޭޓްތަކުގެ ލޮކްޑައުން ވަނީ ދަންމާލާފައި އެވެ. އެކަމަކު މި ހަފްތާއަށް ބެލުމަށް ފަހު ލޮކްޑައުނަށް ލުއިދޭން ފަށާނެ ކަމަށް އެ ދެ ސްޓޭޓުގެ ކަމާ ބެހޭ ފަރާތްތަކުންވެސް ބުނެފައިވެ އެވެ.

އިންޑިއާއިން މިހާތަނަށް ކޯވިޑް-19 އަށް 28.8 މިލިއަން މީހުން ޕޮސިޓިވްވެފައިވެ އެވެ. އަދި މި ބަލީގައި 347 ހާސް މީހުން މަރުވެފައިވެ އެވެ.

އިންޑިއާގައި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 27 މިލިއަން މީހުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.