ނައިޖީރިއާގެ ރައީސްގެ ޓުވީޓެއް ޑިލީޓު ކޮށްލުމުން ރުޅިއައިސްގެން އެ ގައުމުން ޓުވިޓާ ސަސްޕެންޑު ކޮށްފި

ނައިޖީރިއާގައި ޓުވިޓާ ބޭނުން ކުރުން މަނާކޮށް އެ ނެތްވޯކް ސަސްޕެންޑު ކޮށްފި އެވެ.

އެގައުމުން ޓުވިޓާ ދެކެ ރުޅިއައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިން އެ ގައުމުގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓުވީޓުތަކެއް ޓުވިޓާއިން ޑިލީޓު ކޮށްފައި ވަނިކޮށެވެ. އެ ޓުވީޓު ޑިލީޓު ކުރުމަށް ފަހު ޓުވިޓާއިން ބުނީ ނައިޖިރީއާގެ ރައީސްގެ ވިދާޅުވެފައިވާ ވާހަކަ އެ ނެޓްވޯކްގެ އުސޫލުަތަކަށް ނުފެތޭ ކަމަށެވެ.

އިޝްތިހާރު Below Header ad

މިކަމާއި ހިތް ހަމަނުޖެހިގެން ނައިޖީރީއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ކަލްސާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޓުވިޓާއިން އެ ގައުމުގައި ހިންގާ ގާނޫނާއި ހިލާފު ހަރަކާތްތައް ހިތްވަރު އެއްބާރުލުން ދެމުންދާ ކަމަށެވެ

ރައީސް ބުހާރީގައި ޓުވީޓުގައި ބުނެފައިވަނީ މިޒަމާނުގެ ޒުވާނުންނަށް ނަައިޖީރީއާގެ ދާހިލީ ހަނގުރާމައިގަ މަރުވި މީހުންގެ އަދަދާއި އެއްޗެހި ނޭނގޭނެ ކަމަށެވެ. އެ ކަންކަން އެނގޭނީ އެ ހަނގުރާމައިގަ 30 މަސްދުވަސްވަންދެން އުޅެފައިވާ އެމަނިކުފާނު ފަދަ ބޭފުޅުންނަށް ކަމަށެވެ.

ރައީސް ބުހާރީގެ އެ ޓުވީޓަކީ 1967 ވަނަ އަހަރުން 1970 ވަނަ އަހަރަށް އެގައުމުގައި ކުރި ހަނގުރާމަ އާއި ބެހޭ ގޮތުން ކުރެއްވި ޓުވީޓެކެވެ. އެ ހަނގުރާމައިގަ އެއް މިލިއަނާއި ތިން މިލިއަނާއި ގާތް ކުރާ އަދަދަކަށް މީހުން މަރާލާފައިވެ އެވެ.

ޓުވީޓާއިން ރައީސް ބުހާރީގެ ޓުވީޓު ޑިލީޓް ކުރީ ނައިޖީރީއާގެ އެތައް ހާސް ބަޔަކު އެކަން ޓުވިޓާއަށް ރިޕޯޓު ކުރުމުން ކަމަށްވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.