އުޒުރު ނުދައްކާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ގޮވާލާ ވަރުގަދަ ޕެޓިޝަނެއް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމުގައި ބަހަނާ އާއި އުޒުރު ނުދެއްކުމަށް ގޮވާލާ އޮންލައިންކޮށް ޕެޓިޝަނެއްގައި ސޮއި ކުރަންް ފަށައިފި އެވެ.

މި ޕެޓިޝަން ތައްޔާރުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކުޑަކުއްޖެއް ކަމަށްވާ އުމުރުން 11 އަހަރުގެ ޖޮނަތަން ބްރަޔަން އެވެ. އެ ކުއްޖާ މި ޕެޓިޝަން ތައްޔާރުކޮށް މީހުންގެ ސޮއި ހޯދަމުން ދަނީ އެ ގައުމުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޗިލްޑްރަން އެންޑް ފެމިލީސް ނަދީމް ޒަހާވީ އާއި ކަމާ ގުޅުންް ހުރި އިދާރާތަކަށް ހުށަހެޅުމަށެވެ.

އިޝްތިހާރު Below Header ad

މި ޕެޓިޝަން ތައްޔާރު ކުރި ޖޮނަތަން އަކީ އަމިއްލައަށް ހިނގުމުން މަހުރޫމްވެފައިވާ ފުރޮޅުލީ ގޮނޑީގައި އިންނަ ކުއްޖެކެވެ. އޭނާއަށް ވާހަކަ ދެއްކުނީ އުމުރުން ނުވަ އަހަރުގައި އެވެ.

ޖޮނަތަން ބުނީ އޭނާއަށް ވާހަކަ ދައްކަން ދަސްވީ މަންމަ ކޮށްދިން ބުރަ މަސައްކަތުން ކަމަށެވެ. ޖޮނަތަން ވާހަކަ ދައްކަން ދަސްކުރީ މަންމަ ވާހަކަ ދައްކާއިރު މަންމަގެ އަނގައަށް ބަލައިގެން ކަމަށާއި އޭނާގެ މުޅި ދިރިއުޅުން މަންމަ ކޮށްދިން ބުރަ މަސައްކަތުން ބަދަލުކޮށްލައިފި ކަމަށެވެ.

އޭނާގެ ޕެޓިޝަންގައި ބުނެފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ސްކޫލް ނުވަތަ ކްލާސްތަކުގައި އެފަދަ ކުދިންނަށް ވާހަކަދައްކަން ދަސްކޮށްދީ ލިޔަން ދަސްކޮށްދިނުމުގެ އިތުރުން ހުނަރުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އެތަންތަން ޖޮނަތަން ސިފަ ކުރަނީ ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ގޮތުގައި އެވެ.

ޖޮނަތަން ގަބޫލު ކުރާ ގޮތުގައި އެފަދަ ތަންތަނަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ނުފެންނަ ހުނަރުތައް ބުރަ މަސައްކަތުން ނެރެ މުޖުތަމައުއަށް ދެއްކުމަށް މަސައްކަތް ކުރަން ޖެހޭ ތަންތަނެވެ. އޭނާ ބުނީ އުމުރުން ހަތަރު އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސެންޓަރަކަށް އޭނާ ދާން ފަށާފައިވާ ކަމަށާއި އެކަމަކު ދުވަހަކުވެސް އެތަނުން ކުދިންނަށް ވާހަކަދައްކަން ދަސްކޮށްދިނުން ފަދަ ކަންކަން ނުކުރާ ކަމަށެވެ.

މިފަދަ ޕެޓިޝަނެއް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމަށް ޖޮނަތަންގެ ވިސްނުމަށް އައީ އެކުވެރިންގެ ގޮތުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވާހަކަ ނުދެއްކި ލިޔަން ނޭނގޭތަން ފެނުމުން ހިތަށް ކުރާ އަސަރުންނެވެ. ޖޮނަތަން ބުނީ އެ ކުދިންނަށް ލިޔަން ކިޔަން ދަސްނުވުމުގެ ޒިންމާ ނަގަން ޖެހޭނީ މައިންބަފައިންނާއި ސްކޫލްތަކާއި ސެންޓަރުތަކުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.