ގައިގަ ގިނައިން ލަފު ހުރުމަކީ ކެންސަރުގެ ފުރުސަތު ބޮޑުވާ ކަމެއް: ދިރާސާ

ގައިގައި ގިނަ ލަފު ޖަހާފައި ހުރި ނަމަ، ހަމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ބްރިޓިޝް ޖާނަލް އޮފް ޑާމަޓޮލޮޖީގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ކުރުމުގައި އެންމާބަނޑު 3000 މީހުންގެ އުލޫމާތު އަށް އަހަރު ދުވަހުގެ މުއްދަތުން އެއްކޮށްފައި ވެއެވެ. މި ދިރާސާއަކީ ހަމުގެ ކެންސަރުގެ ބާވަތެއް ކަމަށްވާ މެލަނޯމާ ގެ ނުރައްކާ އެންމެ ބޮޑު ފަރާތްތައް ދެނެގަތުމަށް ރަނގަޅު ގޮތެއް ހޯދުނު ދިރާސާއެއް ކަމަށް އެ ފަރާތުން ދެކެއެވެ.

އިޝްތިހާރު Below Header ad

މި ދިރާސާގައި ވާގޮތުން ގައިގައި 100 ލަފައްްވުރެ ލަފު އިތުރު ވެއްޖެ ނަމަ ކެންސަރުޖެހުމުގެ ފުރުސަތު އަދި ވަކީން ބޮޑެވެ. އެހެން ކަމުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަސްވެސް ދިރާސާގައި ބުނެފައިވެއެވެ.

މި ދިރާގައި ބުނެފައިވާގޮތުން މި ބާވަތުގެ ކެންސަރު ގިނަ ގައުމުތަކުން ފެނެއެވެ. ނަމަވެސް މިބާވަތުގެ ކެންސަރު އެންމެ ގިނައިން ފެންނަނީ އިނގިރޭސި ވިލާތުންނެވެ. އެގައުމުން އެކަނިވެސް އަހަރަކު 13،000 މީހުންނަށް މި ކެންސަރު ޖެހޭކަމަށް ދިރާސާގައި ބުނެފައިވެއެވެ.

ދިރާސާ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ގައިގެ ހަންގަނޑުގައި ހުންނަ ލަފަ އާއި ކެންސަރާ ކޮންމެވެސް ކަހަލަ ގުޅުމެއް ހުންނަ ކަމަށް މި ހޯދުމުން އެނގޭކަމަށެވެ.

އަދި ހަށިގަނޑުގައި ހުރި އުމެއް ނުވަތަ ލަފެއްގައި އެއްވެސް ތަފާތު ކަމެއް ހުރި ކަމަށް ފާހަގަ ވާނަމަ، ނުވަތަ އަދަދު ގިނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުން މުހިންމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.