ތާޕްސީގެ “ހަސީން ދިލްރުބާ” އެންމެ ފަހުން އަންނަ މަހު ނެޓްފްލިކްސްއަށް

ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދާ ފިލްމު “ހަސީން ދިލްރުބާ” ނެޓްފްލިކްސް އިން ރިލީޒް ކުރަން ހަމަޖައްސައިފި އެވެ.

އެ ފިލްމު އޮންލައިންކޮށް ރިލީޒް ކުރާނީ ނެޓްފްލިކްސް މެދުވެރިކޮށްކަން ހާމަކުރީ ތާޕްސީ އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ އެ ފިލްމު ރިލީޒް ކުރާނީ ޖުލައި ދެ ވަނަ ދުވަހު ކަމަށެވެ.

އިޝްތިހާރު Below Header ad

ތާޕްސީގެ ޕޯސްޓުގައި ބުނީ މިއީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ވިނިލް މެތިއު ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގެ މަސައްކަތް އެއްކޮށް ނިންމާލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ. މި ފިލްމުގައި ތާޕްސީ އާއި އެކު ލީޑްރޯލުން ފެނިގެން ދާނީ ހާޝްވަރުދަން ރާނޭ އާއި ވިކްރާންޓް މާސޭ އެވެ

އެ ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި ދަޔާ ޝަންކަރް ޕާންޑޭ އާއި އަދިތިޔާ ސްރިވަސްތާވް ވެސް ހިމެނެ އެވެ.

މި ފިލްމު ކުރިން ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ކޯވިޑާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން މަސައްކަތް ނުނިމި ލަސްވެގެން ގޮސް އެއްކޮށް މަސައްކަތް ނިންމާލެވުނީ ރިލީޒް ކުރަން ކުރިން ހަމަޖައްސާފައި އޮތް ތާރީހަށްވުރެ އެއް މަސް ފަހުންނެވެ.

ތާޕްސީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި “ލޫޕް ލަޕޭޓާ” އާއި “ދުބާރާ” އާއި “ރާޝްމީ ރޮކެޓް” ގެ އިތުރުން “ޝަބާޝް މިތޫ” ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.