އަލްގައިދާ ވަރަށް ބަލިކަށި، އެމީހުން ތިބީ ޕާކިސްތާނާއި އަފްގާން ގުޅޭ ބޯޑަރު ސަރަހައްދުގައި: އދ.

ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަލްގައިދާ ގްރޫޕުގެ ވެރިޔާ އާއި އެ ޖަމާތުގެ ބައިވެރިން ގާއިމްވެ ތިބީ އަފްގާނިސްތާނާއި ޕާކިސްތާން ގުޅޭ ބޯޑަރު ސަރަހައްދުގައި ކަމަށް އދ. އިން ނެރުނު ރިޕޯޓެއްގައި ބުނެފައި އެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ އަލްގައިދާ ކުރިއާ ހިލާފަށް މިހާރު އެހާ ބާރުގަދަ ކަމަށް ނުބެލެވޭ ކަމަށެވެ. އެކަމަކު އެ ޖަމާއަތަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކު އެބަތި ކަމަށެވެ.

އިޝްތިހާރު Below Header ad

އެމީހުން ތިބީ އެ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ކަމަށާއި އެމީހުންނާއި ބައިވެރިވާ މީހުން ތެރޭގައި ހަރުކަށި ފިކުރަން ތާއިދު ކުރާ އެހެން ގައުމުތަކުގެ މީހުންނާއި ތޯލިބާނުން ހިމެނޭ ކަމަށެވެ. ތޯލިބާނުންގެ ގިނަ މީހުން ހަރަކާތްތެރިވަމުން ދަނީ އަލްގައިދާ އާއި އެކުކަމަށްވިޔަސް އެމީހުން ބޮޑަށް ފެތުރިފައިވަނީ އަފްގާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ކަމަށް ބުނެފައިވެ އެވެ.

އަލްގައިދާގެ ވެރިޔަކީ މިހާރު އައިމަން އަލް ޒަވާހިރީ އެވެ. އދ. ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ ވަރަށް ބަލިވެ އުޅުމަށް ފަހު މަރުވެއްޖެ ކަމަށް ހަބަރު ފެތުރުނަސް އެކަން ޔަގީން ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެހެން ކަމުން ގަބޫލް ކުރަނީ އޭނާވެސް ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި އެހެން ބައިވެރިންނާއި އެކު އުޅެމުންދާ ކަމަށެވެ. އެ ގްރޫޕުގައި ހިމެނޭ މީހަަކާއި ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނި އަލް ޒަވާހިރީި ދުނިޔޭގައި އެބަހުރި ކަމަށް ގަބޫލު ކުރާ ކަމަށާއި ފާޅުގައި ނުކުންނަން ނުކެރިގެން އުޅެނީ ބިރުގަންނާތީ އާއި ނުރައްކާ އޮތް މިންވަރުން ކަމަށެވެ.

އަލްގައިދާ ގްރޫޕުގައި ހިމެނޭ އެ ދެ ގައުމުގެ މީހުންގެ އިތުރުން އެންމެ ގިނައިން ބައިވެރިވަނީ މިޔަންމާ އިންޑިއާ އަދި ބަންގްލަދޭޝްގެ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުންނެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި އިންޑިއާގައިވެސް އަލްގައިދާގެ ބާރު ދަނީ ގަދަ ކުރަމުންނެވެ. އެގޮތުން އަލްގައިދާ އިންޑިއާ ގޮފި ބަލަހައްޓަމުން ދަނީ ތޯލިބާނުން ކަމަށާއި މީގެ ކުރިން ވެރިއެއްގެ ގޮތުގައި ހުރި މީހާ މަރުމުން ވެރިއެއްގެ ގޮތުގައި އުސާމާ މަހަމޫދު އައްޔަން ކޮށްފައިވާ ކަމަށެވެ.

އދ. ގެ ރިޕޯޓުގައި ބުނީ އަލްގައިދާ ބަލިކަށިވަމުންދާ މައިގަނޑު ސަބަބަކީ އެ ޖަމާއަތުގެ ވެރިން އެކި ހަމަލާތަކުގައި މަރުވުމެވެ. އެމީހުން ގިނައިން މަރާލާފައިވަނީ ތޯލިބާނުންނާއި އެކު ހަރަކާތްތެރިވުމުގެ ތެރޭގައި ކަމަށް ބުނެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.