ޚަބަރު ފީތާ

127 ގައުމެއްގައި ކޯވިޑް ވެކްސިން ދޭން ފެށުނީ ކޯވެކްސްއިން ވެކްސިން ފޯރުކޮށްދިނުމުން

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކުލަވާލާފައިވާ ކޯވެކްސް ފެސިޓީއަށް މިހާތަނަށް ކޯވިޑް-19 ވެކްސިން ހަދިޔާ ކުރި ގައުމުތަކުގެ ތެރެއިން 60 ޕަސެންޓު ހިއްސާ ކުރަނީ ތިން ގައުމެއް ކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.

ކޯވެކްސް ފެސިލިޓީ އަކީ ކޯވިޑް-19 ވެކްސިން ޖެހުމުގެ ހުއްދަ ދޭން ދޭން ފެށުމާއި އެކު ޑަބްލިއުއެޗްއޯއިން އެކުލަވާލި ހަރަކާތެކެވެ. އެ ފެސިލިޓީގެ ބޭނުމަކީ ފަރީގު އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކޯވިޑް ވެކްސިން ހިލޭ ފޯރުކޮށްދިނުމެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިހާތަނަށް ގައުމުތަކަށް ބެހި ވެކްސިންގެ 60 ޕަސެންޓަކީ އެމެރިކާ، ޗައިނާ އަދި އިންޑިއާއިން އެ ޖަމާއަތަށް ހަދިޔާ ކޮށްފައިވާ ވެކްސިން ކަމަށެވެ. ކޯވެކްސް ފެސިލިޓީއަށް ލިބިފައިވާ ވެކްސިން މިހާތަނަށް 212 ގައުމަކަށް ބަހާފައިވެ އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޯވެކްސްއަށް ލިބުނު ވެކްސިންގެ ސަބަބުން ގައުމުތަކުގެ ވެކްސިން ޕްރޮގްރާމް ހިންގަން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ދިން ގައުމުތަކުގެ ތެރެއިން 127 ގައުމެއްގައި ވެކްސިން ޕްރޮގްރާމް ފެށުނީވެސް ކޯވެކްސްގެ ދަށުން ވެކްސިން ފޯރުކޮށްދޭން ފެށުމުންނެވެ.

މިހާތަނަށް ކޯވެކްސް ފެސިިލިޓީގެ ދަށުން 80 މިލިއަން ޑޯޒު ވެކްސިން ވަނީ ގައުމުތަކަށް ފޯރުކޮށްދީފަ އެވެ، އަދި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިތުރު 200 މިލިއަން ޑޯޒު ވެކްސިން ގައުމުތަކަށް އެ ފެސިލިޓީގެ ދަށުން ފޮނުވާނެ ކުރާނެ އެވެ.

ކޯވިޑް ވެކްސިން ލިބުމުގައި މިހާރު ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ބުނެފައިވަނީ އިންޑިއާގައި ކޯވިޑް ކޭސްތައް އިތުރުވެފައި ވުމުން ސީރަމް އިންސްޓިޓިއުޓުން ވެކްސިން އެކްސްޕޯޓު ކުރުން މަޑުޖައްސާލައި އެ ގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް އިސްކަން ދީފައިވާ ކަމަށެވެ. ސީރަމް އިންސްޓިޓިއުޓަކީ ދުނިިޔޭގައި އެންމެ ގިނަ ވެކްސިން އުފައްދާ ތިން ކުންފުނީގެ ތެރެއިން ކުންފުންޏެވެ.

އެކަމަކު ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖުލައި މަހުން ފެށިގެން އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ބެލެވޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: