ޚަބަރު ފީތާ

ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންްޑޮނީޝިއާއިން މިއަހަރުގެ ހަައްޖުވެސް ކެންސަލްކޮށްފި

އިންޑޮނީޝިއާއިން މިއަހަރުވެސް މީހުން ހައްޖަށް ނުފޮނުވަން އެ ގައުމުންް ނިންމައިފި އެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމުންމިގޮތަށް ނިންމީ ކޯވިޑް-19 ހަލަތަށް ރިއާޔަތް ކޮށްފައި ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ރިލިޖަސް އެފެއާޒްއިން ބުނެ އެވެ. މިދިޔަ އަހަރުވެސް އިންޑޮނީޝިއާއިން ހައްޖަށް މީހުން ނުފޮނުވަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން ނެވެ.

ރިލިޖަސް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް އޮތުމުން މީހުން ހައްޖަށް ނުފޮނުވަން ނިންމީ ހައްޖައްދާ އެ ގައުމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަށް ފަހު ކަމަށެވެ. އަދި މިއަހަރު ހައްޖަށް ދާން ފައިސާ ދައްކާފައިވާ މީހުންނަށް އަންނަ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެ އެވެ.

ބަޔާނުގައި ބުނީ ހައްޖަށް ދާން ބޭނުންވާ އެހެން ގައުމުތަކުގައި ތިބި މީހުންނަށް ފުރުސަތު ދޭން ސައުދީން ނިންމާފައިވާކަން އަދި ނޭނގޭ ކަމަށެވެ. އެގައުމުން މީހުން ހައްޖަށް ފޮނުވުމުގެ ހުއްދަވެސް އަދި ސައުދީން ދީފައި ނުވާކަން ފާހަގަކޮށް ބުނެފައިވަނީ އެއްވެސް ގައުމެއްގެ ރައްުޔިތުން ހައްޖަށް ދިއުމުގެ އެއްބެސްވުމުގައި ސައުދީން ސޮއިކޮށްފައި ނުވާ ކަމަށެވެ.

ސައުދީގެ މިނިސްޓރީ އޮފްް ހައްޖަ އެންޑް އުމްރާއިން ކަނޑައަޅާފައިވާގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށެވެ. އަދި ސައުދީ ނޫން ގައުމުތަކުން މީހުން ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފަވެ އެވެ.

އެކަމަކު އެހެން ގައުމުތަކުން ހައްޖަށް މީހުން ދިޔުމުގެ ހުއްދަ ދިނުމާއި މެދު ދެވަނަ ވިސްނުމަށް ސައުދީން ހިނގައިދާނެ ކަމަށް ބައިނަލްއަގުވާމީ ރިޕޯޓުތަކުގައި ބުނެ އެވެ. އެއީ ސައުދީގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަޔަސް ދުނިޔޭގެ އެކި ގައުމުތަކުގައި ކޯވިޑްގެ ހާލަތު ގޯސްވަމުންްދާތީ އެވެ.

އާންމުކޮށް ކޮންމެ އަހަރަކު 2.5 މިލިއަނަށްވުރެ ގިނަ މީހުން ހައްޖަުގެ އަޅުކަން އަދާ ކުރާއިރު ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ހައްޖަުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ 1،000 މީހުންނަށެވެ. އޭގެ ތެރޭގައި ސައުދީގައި ތިބި އިސްލާމީ ކޮންމެ ގައުމެއްގެ މީހުން ވަކި އަދަދަކަށް ބައިވެރިކޮށްފައިވެ އެވެ.

Like
Like Love Haha Wow Sad Angry