ޚަބަރު ފީތާ

ވިރާޓް އާއި އަނުޝްކާގެ ދަރިފުޅު ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރު އިނގިރޭސިވިލާތަށް!

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާ އާއި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީގެ އަލަތު ދަރިފުޅު ވަމިކާ ޝަރްލާ ކޮއްލީ އިންޑިއާއިން ބޭރަށް ކުރާ ފުރަތަމަ ދަތުރުގައި އިނގިރޭސިވިލާތަށް ފުރައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަމިކާ ގޮވައިގެން ވިރާޓް އާއި އަނުޝްކާ އިނގިރޭސިވިލާތަށް ދިޔައީ ވިރާތް ކްރިކެޓް މުބާރާތެއް ކުޅުމަށް ކުރާ ދަތުރެއްގައި އެވެ. އެ ދެމަފިރިން ދަރިފުޅާއި ގޮވައިގެން ދިޔައީ އިންޑިއާގެ ކްރިކެޓް ޓީމާއި އެކުއެވެ.

އިނގިރޭސިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ޓެސްޓު ޗެމްޕިއަންޝިޕް ސީރީޒް އެވެ.

އެ ދަތުރުގައި އަނުޝްކާ އާއި ވަމިކާ ބައިވެރިވިކަން ހާމަވީ އެއާޕޯޓަށް ކްރިކެޓު ކުޅުންތެރިން ފުރަން ދިޔަ ބަހުން ވިރާޓާއި އެކު އެ ދެމައިންވެސް ފައިބާތަން ފެނުމުންނެވެ. އަނުޝްކާ ވަނީ ދަރިފުޅުގެ މޫނު ނުފެންނާނެހެން މުޅި މޫނާއި ގައިގަ ފޮތިގަނޑެއް އޮޅާފައި އެވެ.

ވިރާޓާއި އަނުޝްކާއަށް ވަމިކާ ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. މިހާތަނަށް އެ ކުއްޖާގެ މޫނު އާންމުންނަށް ފެނިފައި ނުވާއިރު ވިރާޓް ބުނީ ދަރިފުޅަށް ޕްރައިވަސީ ބޭނުންވާ ކަމަށެވެ.

އަދި ވަރަށް ފަހުން ވިރާޓް ބުނީ ވަމިކާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރުމާއި މެދު ގޮތެއް ނިންމާނީ ދަރިފުޅަށް ސޯޝަލް މީޑިއާ އަކީ ކޯޗެއްކަން އެނގި އަމިއްލައަށް ބޭނުންވުމުން ކަމަށެވެ.

Like
Like Love Haha Wow Sad Angry
1