އިންޑިއާގެ ޒޫއެއްގައި ޖަނަވާރުންގެ މެދުގައި ސާސް ކޯވިޑް-2 ފެތުރެނީ

އިންޑިއާގެ ޗެންނާއީގެ ޒޫއެއްގައި ޖަނަވާރުންގެ މެދުގައި ސާސް ކޯވިޑް-2 ފެތުރެން ފަށައިފި އެވެ.

ޗެންނާއީގެ އަރިގްނާރް އަންނާ ޒޫލޮޖިކަލް ޕާކުގައި ބަލަހައްޓަމުންދާ ޖަނަވާރުންތަކުގެ ތެރެއިން އަދި ބަލި ފެނިފައިވަނީ ސިންގާތަކެއްގެ ގައިންނެވެ. ފުރަތަމަ ބައްޔަށް ޕޮސިޓިވްވެގެން މަރުވެފައިވަނީ އުމުރުން ނުވަ އަހަރުގެ ސިންގާއެކެވެ.

އިޝްތިހާރު Below Header ad

އެ ޒޫ ބަލަހައްޓާ ފަރާތްތަކުން ބުނެފައިވަނީ ސާސް ކޯވިޑް-2 ޖެހިގެން ފުރަތަމަ މަރުވި ސިންގާ މަރުވުމުގެ ކުރިން ބަލީގެ އަލާމާތެއްގެ ގޮތުގައި ނޭފަތުން ރޯގާ ފޭބި ކަމަށެވެ. އޭތި މަރުވުމާއި ގުޅިގެން އެކުގައި އުޅުނު އިތުރު އަށް 11 ސިންގާގެ ސާމްޕަލް ޓެސްޓު ކުރި އެ ބައްޔަށް ޕޮސިޓިވްވެފައިވާ ކަމަށެވެ.

ޒޫ ބަލަހައްޓާ ފަރާތުން ބުނީ އެ 11 ސިންގާ ބައްޔަށް ޓެސްޓު ކުރަން ނިންމީ އޭގެ ތެރެއިން ފަސް ސިންގާ ކެއުން ހުއްޓާލައި، ކެއްސާތީ ކަމަށެވެ. ބައްޔަށް ޕޮސިޓިވްވި ސިންގާތަކަށް މިހާރު އެކަހެރި ކޮށްގެން ފަރުވާ ދޭން ފަށާފައިވާ ކަމަށް ބުނެ އެވެ.

އެ ޒޫ އިން ސާސް ކޯވިޑް-2 ފެނުމާއި ގުޅިގެން ޒޫ ބަލަހައްޓާ ފަރާތުން ވަނީ އެތަނުގައި ބަލަހައްޓާ ހުރިހާ މިނިކާވަގާއި ސިންގާތައް ކޯވިޑަށް ޓެސްޓު ކުރަން ނިންމާފައި އެވެ. އަދި ބަލީގައި މަރުވި ސިންގާގެ ސާމްޕަލް އިތުރަށް ޔަގީން ކުރުމަށް އަލުން ޓެސްޓު ކުރުމަށް ވަނީ ނިންމާފައި އެވެ.

މިދިޔަ މަހު ކުރީކޮޅު އިންޑިއާގެ ހައިދަރްއާބާދުގެ ޒޫއެއްގައި ބަލަހައްޓަމުން ދިޔަ ސިންގާތަކަކަށް މި ބަލި ޖެހިފައިވެ އެވެ.

ސާސް ކޯވިޑް-2 އަކީ މިހާރު ފެތުރެމުންދާ ކޯވިޑް-19 ހެން ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.