އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން ބޭނުން ނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން ބޭނުން ނުކުރަންނިންމީ އެކަމާއި މެދު ބައެއް ސިޔާސީ ޕާޓީތަކުން ދެކޮޅު ހަދާ ކަންބޮޑުވުން ފާޅުކުރަމުންގެންދާތީ އެކަމަށް އިޖާބަދިނުމުގެ ގޮތުން ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގިނަ ސިޔާސީ ޕާޓީތަކުން ބުނަމުންގެންދާ ގޮތުގައި އީވޯޓިން ބޭނުން ކުރުމަކީ ވޯޓް އޮޅުވާލާ މަކަުރު ހެދުމުގެ ފުރުސަތު ބޮޑުވާނެކަމެއް ކަމަށާއި އެފަދަ ކަންކަން ކުރަން ނުފެންނަކަމަށެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި އީ-ވޯޓިންގ ބޭނުންކުރާނަމަ އެ ފަދަ އިންތިހާބެއްގައި ބައިވެރިނުވާނެ ކަމަށް ވެސް ރާއްޖޭ ގެ ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ބުނަމުންނެވެ.