މުޞީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ: ޚުތުބާ

މުޞީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

“އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުން” މި މައުޟޫއަށް ދިން ހުކުރު ޚުތުބާގައި ބުނީ އިންސާނުން އުފައްދަވާފައި ވަނީ، އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ފަދަ ގޮތަކަށް ކަމަށެވެ.

އިޝްތިހާރު Below Header ad

“އެހެންކަމުން ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާނެ މީހެކެވެ. ވުމާއެކު، މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހެއެވެ. އެފަދަ ވަގުތުތަކުގައި އެ މީހުންނަށް އެހީތެރިވެ، އަޅާލުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފައެކެވެ.” ޚުތުބާގައި ބުނެފައި ވެއެވެ.

އެހެންކަމުން މިއަދު އަޅުގަނޑުމެންނަށް މެދުވެރިވެފައި މިވާ ކޮވިޑް-19 ގެ ޙާލަތުން އަރައިގަނެވެން އޮތީ، މާތް ނަބިއްޔާ ގެ މިތުރު އަޞްޙާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރި ވެގެން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢުތަކު ގައި ވެސް، އެހެންމީހުންގެ އެހީތެރިކަމާއި، އަޅާލުން ބޭނުންވާ ބަޔަކު، ދިރިއުޅެމުން ދާކަމަށާއި އެފަދަ މީހުންނަށް އަޅުގަނޑުމެން އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަޤީރުންނާއި، ޔަތީމުންނާއި، އަޅާލާނެ ބަޔަކު ނެތް މީހުންނަށް އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށާއި އެމީހުންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަމިއާއެކު ހާލުގެ ދުލުން މިއަދު އެމީހުން ގޮވަމުން އެދަނީ، އަޅުގަނޑުމެންގެ އެހީތެރިކަމަށް އެދި ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ތިމާއާއި، އަނެކުންގެ ރައްކާތެރި ކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިޙްތިރާމްކޮށް، އެކަމުގައި އެ ފަރާތްތަކަށް އެހީތެރިވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވުމަށާއި މިނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، ކުރެވޭ ދުޢާގައި މުސްލިމް އަޚުންނާއި އުޚްތުން ޝާމިލުކޮށް، އެބައިމީހުންނަށް އަޅާލުމަށް ވެސް ޚުތުބާގައި ވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.