އިޒްރާއީލްގެ އިދިކޮޅު ޕާޓީތަކުން ފަހު ވަގުތު ކޯލިޝަން ހަދައިފި، ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް!

އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތައްޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނެކަން ޔަގީން ވެއްޖެ އެވެ.

ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެކަން ޔަގީންވީ އިދިކޮޅު އަށް ޕާޓީ ކޯލިޝަން ހެދުމުންނެވެ. އެ ޕާޓީތަކުން ވަނީ ކޯލިޝަން ހަދައި އެ ގައުމުގެ ރައީސް ރެއުވިން ރިވްލީން އަށް ރޭ އަންގަވާފަ އެވެ.

އިޝްތިހާރު Below Header ad

އިސްރާއީލްގެ އިދިކޮޅު ކޯލިޝަނުން އެއްބަސްވެފައި އޮތް ގޮތުން ސަރުކާރުގެ ހަތަރު އަހަރުގެ ދައުރުގެ ފުރަތަމަ ދެ އަހަރު، ބޮޑުވަޒީރު ކަމުގައި ހުންނަވާނީ ހަރުކަށި ދީނީ-ވަތަނީ ހިޔާލާތުގެ އަދި ޓެކްނޮލޮޖީ ދާއިރާގެ މަލްޓި-މިލިއަނަރެއް ކަމަށްވާ ނަފްތާލީ ބެނެޓް އެވެ. ފަހު ދެ އަހަރު ބޮޑުވަޒީރު ކަމުގައި ހުންނަވާނީ، އިދިކޮޅު ޔޭޝް އަތީދް ޕާޓީގެ ލީޑަރު މެދުމިނު ސެކިއުލާ ހިޔާލާތުގެ ޔައީރް ލެޕިޑް އެވެ. އެ ސަރުކާރު އެކުލަވާލުމުގައި އިސްކޮށް ހުރީ ލެޕިޑް އެވެ.

ކުރިން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ލެޕިޑްއަށް ސަރުކާރެއް އެކުލަވައިލުމަށް އެންމެ ބޮޑު ބާރަކަށްވީ، ނަފްތާލީ ބެނެޓް، ސަރުކާރުގައި ބައިވެރިވާން ނިންމުމުންނެވެ.

އިދިކޮޅުން އެއްގަލަކަށް އަރައި ކޯލިޝަން ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އަނިޔާވެރި ނަތަންޔޫގެ ވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އެ ޕާޓީތައް އެއްގަލަށް އަރައިގެން ދައުރު ނިމެންދެން ނުވަތަ ގިނަ ދުވަހު ވެރިކަން ކުރެވޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރެވެ އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އިދިކޮޅު ކޯލިޝަނުން އެއް ލަވައިގެން ކިޔާ ކަމަށް ދައްކައިގެން ވެރިކަމަށް އަޔަސް ޕާޓީތަކުގެ ސިޔާސަތު ވަރަށް ތަފާތެވެ.

އޭގެ ތެރެއިން ބައެއް ޕާޓީތަކަކީ، ހިފާފައިވާ ބިންތަކުން ގަދަކަމުން ފަލަސްތީނު މީހުން ބޭރުކޮށް، އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުމަށް ބާރުއަޅާ ގޮވާލަމުންދާ ޕާޓީތަކެވެ. އަނެއް ޕާޓީތަކަކީ، ފަލަސްތީނު މީހުންގެ ވެސް ދައުލަތަކާ އެކު އިޒްރޭލުގެ ދައުލަތް ދެމި އޮތުމަށް ވަކާލާތުކުރާ ޕާޓީތަކެވެ.

އިޒްރާއީލެގެ އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހެދިކަން އިއުލާނު ކުރިޔަސް އެ ސަރުކާރު އެކުލަވާލެވޭނީ އެ ގައުމުގެ ކަނީސަތުގައި ނަގާ ވޯޓުގައި، އާ ސަރުކާރަށް އަގުލަބިއްޔަތުގެ ތާއީދު ލިބުމުންނެވެ. ކުރިއަށް އޮތް 7-12 ދުވަސް ތެރޭގައި، އާ ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް ކަނީސަތުގައި ވޯޓު ނަގާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.