ޚަބަރު ފީތާ

އިނގިރޭސިވިލާތުގެ ވެކްސިން ޕްރޮގްރާމް ކާމިޔާބީތަ؟ އިއްޔެ ކޯވިޑްގައި އެ ގައުމުން މީހަކު މަރެއް ނުވޭ!

އިއްޔެ އަކީ އިނގިރޭސިވިލާތުން ކޯވިޑްގެ ފުރަތަމަ މަރު ފެނުނުފަހު ވަރަށް ހާއްސަ ދުވަހެކެވެ.

އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓު އޮފް ހެލްތް އިން ބުނީ އިއްޔެ އެ ގައުމުގެ އެއްވެސް ސްޓޭޓަކުން ކޯވިޑް ޖެހިގެން މީހަކު މަރުވެގެން ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ. އެއީ މިދިޔަ 10 މަސް ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ކޯވިޑް ޖެހިގެން މީހަކު މަރުނުވާ ފުރަތަމަ ދުވަހެވެ.

އެ އިދާރާއިން ބުނީ އެއީ ލިބުނު ވަރަށް ބޮޑަށް ކުރިއެރުމެެއް ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ރެކޯޑު ކުރެވިފަ ނެތަސް އެކި ސަރަހައްދުތަކުން ކޯވިޑް ޖެހިގެން މީހުން މަރުވާ ނުވާނޭކޭ ނޫން ކަމަށެވެ.

ބެލެވޭގޮތުގައި އިއްޔެ ކޯވިޑްގައި މަރުވިކަން ރެކޯޑު ކުރެވިފައި ނުވަނީ ބޭންކްތައް ބަންދުކޮށްފައިވުމާއި ބަންދު ދުވަހެއް ކަމުން ލިޔެކިޔުންތައް ސިސްޓަމަށް އެންްޓާ ކުރުމުގައި ގިނަ އިރު ވާނެތީ އެވެ.

އިއްޔެ ކޯވިޑްގެ މަރެއް ރެކޯޑު ކުރެވިފައި ނުވާތީ އިނގިރޭސިވިލާތުގެ ވައިރަސް ޓްރެކް ކުރާ ސައިންޓިސްޓަކު ވަނީ އިނގިރޭސިވިލާތުގައި ބޭޏުން ކުރަމުންދާ ކޯވިޑް ވެކްސިން މަސައްކަތް ކުރާ ކަމަށް ކަނޑައަޅާފައި އެވެ.

އެވާހަކަތަކާއި ގުޅިގެން ބައެއް މަޖިލީސް މެމްބަރުން ވިދާޅުވެފައިވަނީ ކޯވިޑް ފެތުރުން ކޮންޓްރޯލް ވެފައިވާ ވަރު އަދި ނޭނގޭ ކަމަށެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަންކަމުގެ ދުވަހުގެ ހަރަކާތްވެސް ފަސް ކުރަން ޖެހޭ ކަމަށެވެ.

އެއީ އިނގިރޭސިވިލާތުގައި އިންޑިއާ ވޭރިއެންތް ފެތުރުމުގެ ބިރު އޮތުމުންނެވެ.

މިހާތަނަށް އިނގިރޭސިވިލާތުން ކޯވިޑް-19 އަށް 4.49 މިލިއަން މީހުން ޕޮސިޓިވްވެފައިވެ އެވެ. ބަލީގައި މަރުވެފައިވަނީ 128 ހާސް މީހުންނެވެ.

Like
Like Love Haha Wow Sad Angry
1