ދޫނި ރޯގާގެ އެޗް10އެން3 ފުރަތަމަ ފަހަރަށް އިންސާނެއްގެ ގައިން ފެނިއްޖެ

މިހާތަނަށް ޖަނަވާރުންގެ ގައިން ފެނިފައިވާ ދޫނި ރޯގާގެ އެޗް10އެން3 ފުރަތަމަ ފަހަރަށް އިންސާނެއްގެ ގައިން ފެނިއްޖެ އެވެ.

އެ ބަލި ފެނިފައިވަނީ ޗައިނާގެ ޖިއަންސޫ ޕްރޮވިންސްގެ ޖެންޒިއަން ސިޓީގައި ދިރިއުޅެމުންދާ މީހެއްގެ ގައިންނެވެ. އެއީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ.

އިޝްތިހާރު Below Header ad

އެމީހާގެ ހުން އައިސް ރޯގާ ޖެހެން ފެށީ މިދިޔަ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އިތުރަށް އުނދަގޫވާހެއް ހީވާން ފެށުމުން އެ ސަރަހައްދުގެ ހެލްތް ސެންޓަރަށް ދިޔައީ އޭޕްރިލް 28 ގައި ކަމަށްވެ އެވެ.

ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަން (އެންއެޗްސީ) ބުނީ އެމީހާ ގައިން ނެގި ސާމްޕަލް ޓެސްޓުކޮށް ނަތީޖާ ލިބުނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އަދި އިއްޔެ ވަނީ އެމީހާ ގައިން ފެނުނީ އެ ބަލި ކަމަށް ކަނޑައަާފައި އެވެ.

އެންއެޗްސީން ބުނީ އެޗް10އެން3 ފެނުނު މީހާގެ ކޮންޓެކްޓު ޓްރޭސިން މިހާރު ހަދާ ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އޭނާ އާއި ކޮންޓެކްޓުވި މީހުންނާއި އެމީހާ ދިރިއުޅޭ ސަރަހައްދުގެ މީހުންގެ ތެރެއިން ނެގި އެއްވެސް ރެންޑަމް ސާމްޕަލެއް އެ ބައްޔަށް ޕޮސިޓިވްވެފައި ނުވާ ކަމަށް ބުނެ އެވެ.

މީގެ އިތުރުން އެމީހާ މިހާރު ބަލިން ރަނގަޅުވެފައިވާކަން ފާހަގަކޮށް އެ ކޮމިޝަނުން ބުނެފައިވަނީ ކުރިޔަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އެމީހާ ފަރުވާއަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.

ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެޗް10އެން3 ޖެހޭ ދޫނިތަކުގެ ގައިން މާބޮޑު އަލާމާތްތަކެއް ނުފެނުނު ނަމަވެސް މި ބަލި އިންސާނުންގެ ގަޔަށް އަރަން ފަށައިފި ނަމަ ވާނެ ގޮތެއް ނޭނގެ އެވެ. ބައެއް ތަޖުރިބާކާރުންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވަނީ އިންސާނުންގެ ގައިން އެ ވައިރަސް ފެނިއްޖެ ނަމަ އެއީ ނުރައްކާތެރި ސިންގަނަލަށް ވެދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.