ޚަބަރު ފީތާ

އައްޑޫ ސިޓީން ހައްޔަރުކުރި 5 މީހުން ދޫކޮށްލި އަމުރު އިސްތިއުނާފްކޮށްފި

ފައިލް ފޮޓޯ

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި 5 މީހަކު ދޫކޮށްލަން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފިއެވެ.

ފުލުހުން އަށްޑޫ ސިޓީގައި ހިންގި މި އޮޕަރޭޝަންގައި 8 މީހަކު ހައްޔަރުކޮސްފައިވާއިރު، އޭގެތެރެއިން 5 މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދުމުން އެ ފަސްމީހުން ދޫކޮށްލާފައިވަނީ މިދިޔަ މެއި މަހުގައެވެ.

މި ފަސް މީހުންގެ މައްސަލައާއި ގުޅިގެން ފުލުހުން ބުނީ އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްދޭން ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށާއި އެގޮތުން އެ ފަސްމީހުން ދޫކޮށްލި މައްސަލަ މިއަދު އިސްތިއުނާފްކޮށްފައި ވާކަމަށް ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވެފައިވާ ކަމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ޓެރަރިޒަމާއި، ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި އައްޑޫއިން ހައްޔަރު ކޮށްފައިވަނީ އެމީހުންނަކީ ހަތިޔާރު އުފެއްދުމާއި، ޓެރަރިޒަމްގެ ހަރަކާތްތައް ހިންގާ ބައެއްކަން އެނގިފައިވާ ކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ މައްސަލާ ގުޅުންހުރި ތަކެއްޗާއެކު ކަމަށްވެސް ބަޝީރު ވިދާޅުވެފައިވެއެވެ.

އަދި މިފަދަ އޮޕަތޜޝަންތަކުގައި އެކިގޮތްގޮތުން ހައްޔަރުކުރާ މީހުންނާއި އަތުލައިގަންނަ ތަކެތި އިތުރަށް ތަހުގީގުކޮށް، މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި މިމީހުންނާ އެއްވެސް ގުޅުމެއް އޮތްތޯ ބަލަމުންދާނެ ކަމަށްވެސް ބަޝީރު ވަނީ ވިދާޅުވެފައެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: