ކުޅުދުއްފުށި ސިޓީން ޒުވާނަކު ރަހީނު ކުރި މައްސަލައިގާ ދެ މީހަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށި ސިޓީން ޒުވާނަކު ރަހީނު ކުރި މައްސަލައިގާ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށާއި އެ ދެމިހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 8:48 ހާއިރު ކަމަށެވެ. އަދި އެމީހާ އެރޭ ރަހީނުކޮށްގެން އަރުވައިގެން ގެންދިޔަ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިހާރު އެމީހާއަށް ފަރުވާ ދެނީ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލް އައިސީޔޫގަ އެވެ.