ވިއްސާރަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލް ނެރެފި.
މުޅި ރާއްޖޭއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީއިދާރާއިން ހުދު ސަމާލް ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލް ނެރެފައިވަނީ މިއަދު ހަވީރު 5:00 ން މިރޭ 9:00 އާއި ހަމަ އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ވިއްސާރަ ކުރުމާއި އެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވެ ވައި ބާރުވާނެ ކަމަށެވެ.
ވައި ޖެހޭ ކަމަށް ލަފާ ކުރަނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތްކަމަށް މެޓް އޮފީހުން ބުނެ އެވެ.
އެހެންމެ މޫސުމަށް ސަމާލުމަށް ވަނީ އިލްތިމާސްކޮށްފި އެވެ.