އެޗްޕީއޭ ގެ ޓްވިޓަރ އެކައުންޓަށް ޑައިރެކްޓް މެސެޖުކޮށްގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޓުވިޓަރއަށް “ޑައިރެކްޓް މެސެޖު (ޑީއެމް)” ކޮށްގެން މަޢުލޫމާތު ސާފުކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އެޖެންސީން ބުނީ މިއީ އެޗްޕީއޭގެ ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލްތަކަށް ލުޔެއް ގެނައުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އެ އިދާރާގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކޮށް މައުލޫމާތު ސާފުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ތަނަވަސް ކޮށްދޭން ނިންމާފައިވާ ކަމަަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 12 ޖެހުމާއި ހަމައަށް އެޗްޕީއޭގެ ޓުވިޓަރ މެދުވެރިކޮށް ކޮވިޑާ ބެހޭ މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ބުނެފައި ވެއެވެ. އަދި ހަމައެކަނި ސާފުކުރެއްވޭނީ ނޮން މެޑިކަލް ކަންކަމާ ގުޅޭ ގޮތުން ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެޗްޕީއޭގެ ހޮޓްލައިން 1676 މެދުވެރިކޮށް ކޮވިޑާ ގުޅޭ އެކި މައުލޫމާތު ސާފުކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ކޯލް ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ކޯލް ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޢަދަދު 77 އަށް ވަނީ އިތުރުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.