ބުރޫނާއީ ދާރުއްސަލާމްގެ އެޑިއުކޭޝަން މިނިސްޓަރާއި ޑރ. ޝަހީމް ބައްދަލު ކުރައްވައިފި

ބުރޫނާއިދާރުއްސަލާމުގެ އެޑިޔުކޭޝަން މިނިސްޓަރ އަދި ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފްގެ އޮނަރަރީ ޕްރެޒިޑެންޓް، ހިޒް އެކްސަލެންސީ ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ބުރުނާއިދާރުއްސަލާމުގެ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފްގެ ރެކްޓަރ ހިސް އެކްސެލެންސީ ޑރ. ހާޖީ ނޫރް ޢަރްފާން ބިން ހާޖީ ޒައިނަލް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަދު ބޭއްވި ބައްދަލުވުމުގައި ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ބުރުނާއީދާރުއްސަލާމްގެ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީގެ ކޮންވޮކޭޝަންގައި ޚާއްޞަ މެހުމާނެއްގެ ގޮތުން ދަޢުވަތު ދެއްވީތީ މިނިސްޓަރ ހިޒް އެކްސަލެންސީ ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން އަށް ޝުކުރުދަންނަވާފައެވެ.

24-10-2016-1

އަދި ބުރުނާއިގެ ސަރުކާރުންނާއި ވަކިން ޚާއްޞަކޮށް ބުރުނާއިދާރުއްސަލާމުގެ ރަސްގެފާނު ހިޒް ރޯޔަލް ހައިނަސް ސުލްޠާން ހަސަނުލް ބުލްޤިޔާ ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޗާންސެލަރ ޝުކުރު ދެންނެވިއެވެ.

މީގެ ތެރެއިން ބުރުނާއިގެ ފަރާތުން ރާއްޖެއަށް ދެއްވާ މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ސްކޯލަރޝިޕްތަކަށް ޝުކުރުދަންނަވައި ދެއްކެވި ވާހަކައިގައި ބުރުނާއީން ތަޢުލީމު ޙާޞިލްކުރި ދިވެހި ދަރިވަރުން ރާއްޖޭގެ މަތީ މަޤާމުތައް ފުރުއްވަމުންގެންދަވާކަން ފާހަގަކުރެއްވިއެވެ.

ބުރުނާއިގެ ފަރާތުން ރާއްޖެއަށް ދެއްވަމުން ގެންދަވާ ސްކޯލަރޝިޕްގެ ޢަދަދު އިތުރުކޮށްދެއްވުން އެދިވަޑައިގެން ޑރ. ޝަހީމް ވިދާޅުވީ ޚާއްސަކޮށް އިސްލާމިކް ފައިނޭންސްގެ ދާއިރާ އާއި އެޑިޔުކޭޝަންގެ ދާއިރާ އާއި ޝަރިއްޔާ އެންޑް ލޯގެ ދާއިރާއިން ސްކޯލަރޝިޕް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ސްކޯލަރޝިޕްގެ ފުރުޞަތު ދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

24-10-2016-2

މިނިސްޓަރ އޮފް އެޑިޔުކޭޝަން ހިޒް އެކްސަލެންސީ ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން ވަނީ ޔުނިވަރސިޓީ އިސްލާމް ސުލްޠާން ޝަރީފް ޢަލީ އިން ކިޔެވުމުގެ އިތުރު ފުރުޞަތުތަކެއް ހޯއްދަވައިދެއްވާނެ ކަމަށާއި އެމަނިކުފާނަކީ ދިވެހިރާއްޖެދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއްކަމުގައި ދެންނެވިއެވެ.

މި ބައްދައްލުވުމުގައި ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެޑިޔުކޭޝަން މިނިސްޓަރ ހިޒް އެކްސަލެންސީ ޕެހިން ދަތޯ ސުޔޯއި ހާޖީ އޮސްމާން ރާއްޖެ ވަޑައިގަތުމަށް ދަޢުވަތުއަރުވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖެއަށް ވަޑައިގެންނެވޭނެ ދުވަހަކަށް އުއްމީދުކުރައްވާ ވާހަކަ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.