ކޮވިޑް-19ގެ ގޮންޖެހުންތަކާ އެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށްބޮޑަށް ރިކަވަރ ވެއްޖެ: މިނިސްޓަރ

ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑުތަނުން ރިކަވަރވެރފައިވާކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ސައުދި އެރޭބިއާގެ ރިޔާދުގައި މިއަދު ބޭއްވި ޓޫރިޒަމް ރިކަވަރީ ސަމިޓްގައި ބައިވެރިވެޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިކަމުގެ ސިއްރަކީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި، ރައްޔިތުންގެ ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީއިން ދިން އަހަންމިއްޔަތުކަން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ދިން އަހަންމިއްޔަތުކަން ކަމަށެވެ.

އިޝްތިހާރު Below Header ad

” ދުނިޔެއަށް ކޮވިޑް19ގެ ވެކްސިނެއް ތަޢާރުފުނުވެ ދިޔަ މުއްދަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ރައްޔިތުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތާ ރައްކާތެރިކަމަށް ދިން ސަމާލުކަމުގެ އިތުރުން ދަތުރުފަތުރުކުރުމުގައި ފަސޭހަކަމާއި އިތުބާރާއެކު ކަންކަން ބައްޓަންކުރެވި ސިއްޙީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް ރަނގަޅު ގައިޑްލައިންތަކެއްހަދާ އެއަށް ޢަމަލުކުރަމުން ދިއުމުން.” މިނިސްޓަރ ވިދާޅުވި އެވެ.

Tourism 2

މީގެ އިތުރުން ޓޫރިސްޓް ރިސޯރޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %60 މުވައްޒަފުން ކޮވިޑް19 ގެ ވެކްސިން ފުރިހަމަކޮށްފައިވާތީ، ރާއްޖެއަކީ ދަތުރުކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލު ކަމުގައި މިނިސްޓަރ މަޢުޞޫމް ވިދާޅުވި އެވެ.

އެހެންކަމުން، ދިވެހި ރައްޔިތުން މިހާރުވެސް ތިބީ ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް މެހެމާންދަރީ އަދާކުރުމަށް ތައްޔާރަށްކަމަށާއި ހުރިހާ ފަރާތްތަކަށްވެސް ރާއްޖެ ޒިޔާރަތްކުރުމަށް މިނިސްޓަރ ވަނީ ދަޢުވަތު އަރުވާފަ އެވެ.

ޓޫރިޒަމް ރިކަވަރީ ސަމިޓަކީ ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ ފަތުރުވެރިކަން އަލުން ފަށައިގަންނައިރު، ދެމެހެއްޓެނެވިގޮތަކަށް ފަތުރުވެރިކަން ކުރިއެރުވުމުގެ މުހިންމުކަމަށް މަޝްވަރާކުރުމަށް ބާއްވާ ސަމިޓެކެވެ.

މިނިސްޓަރ ޑރ. މައުސޫމް ވާހަކަ ދައްކަވާފައިވަނީ މި ސަމިޓު ފެށުމުގެ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަންގަ އެވެ.

Tourism 3

މި ސަމިޓުގައި ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ ޒުރާބް ޕޮލޮލިކަޝްވިލީ އާއި ސައުދި އެރޭބިއާގެ ޓޫރިޒަމް މިނިސްޓަރ ހިޒް އެކްސެލެންސީ އަޙްމަދު އަލްޚަތީބް އާއި ސައުދި އެރޭބިއާގެ އެސިސްޓެންޓް މިނިސްޓަރ ފޮރ އެގްޒެކެޓިވް އެފައަރޒް އެންޑް ސްޓްރެޓެޖީ، މިނިސްޓްރީ އޮފް ޓޫރިޒަމް، ހަރ ހައިނަސް ޕްރިންސަސް ހައިފާ ބިންތް މުޙައްމަދު އަލް ސަޢުދުގެ އިތުރުންދުނިޔޭގެ އެހެނިހެން ޤައުމުތަކުންވެސް ޓޫރިޒަމް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ސަމިޓް ހިނގަމުންދާއިރު ހަވާސާގައި މީޑިއާތަކުގެ އިތުރުން އެކި ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ފަތުރުވެރިކަމާގުޅޭ ޖަމިއްޔާތަކުގެ އިސް ބޭފުޅުންނާ މިނިސްޓަރ މަޢުސޫމް ބައްދަލުކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް ސައުދި އެރޭބިއާގައި ހުޅުވުމަށް ހަމަޖެހިފައިވާ ޔޫ.އެން.ޑަބްލިއު.ޓީ.އޯ. ގެ ފުރަތަމަ ރީޖަނަލް އޮފީސްހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. މަޢުސޫމް ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.