ފުވައްމުލައްސިޓީގެ ހާލަތާއިގުޅޭގޮތުން ނައިބު ރައީސް މަޝްވަރާ ކުރައްވައިފި

ފުވައްމުލައްސިޓީގެ ހާލަތާއިގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާއިބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިފި އެވެ.

އެގޮތުން އެ ސިޓީގެ މަގު ހެދެމުގެ މަޝްރޫޢާއި އެހެނިހެން މުއައްސަސާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ދަތިތަކަށް ހައްލެއް ހޯދުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އިޝްތިހާރު Below Header ad

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، އެމް.ޓީ.ޓީ.ސީ، ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ފުވައްމުލައް ސިޓީގެ ކައުންސިލްގެ މޭޔަރ އާއި ކައުންސިލް މެންބަރުން އަދި އެސިޓީގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ބަޔަކަށް ބަހާލައިގެން އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ ފުވައްމުލަކުގައި ފެން ބޮޑު ވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލުން ވަނީ ސްޓޯމް ވޯޓަރ ސިސްޓަމް އާއި ނަހަދާ މަގުތައް ގުޅުވޭ ގޮތަށް ސްޓޯމް ސިސްޓަމް އިސްލާހު ކުރަން ޖެހޭނަމަ، އިސްލާހުކުރަން ބޭނުންވާކަމުގައި ބުނެފައެވެ. އަދި މަގުގެ ކާނުތަކުގެ ސްލެބު ދަށުން އަޅާފައިވާ ހުރިހާ ޑަކްޓް ހޮޅިތައް ނަގައި ސްލެބް ދަށުން ޖާގަ ތަނަވަސް ކުރުމާއި ކަލްވަޓްތައް ފުޅާކުރުމަށް ބޭނުންވާކަމަށް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުންވެސް މަގުހެދުމުގައި ސަމާލުކަން ދިނުމަށް މުހިންމު ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެއަށްފަހު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19ގެ މި ހާލަތުގައި ރައްޔިތުން ގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ.

އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވެމްކޯ ގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ.

ފެން ބޮޑުވުމުގެ މައްސަލަ މި ފަހުން ދިމާ ނުވާވަރަށް މިހާރު އެމައްސަލަ ދިމާވާކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕްލޭނިންގ މިނިސްޓްރީގެ ޓީމަކާއި އެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ލަފާ ދެއްވެވިއެވެ.

މީގެ އިތުރުން ފުވައްމުލަކުގެ ހޮސްޕިޓަލަށާއި އެހެން މުއައްސަސާތަކަށް ކުރިމަތިވާ ކަންކަމުގައި އެކަމާއި ގުޅޭ މިނިސްޓްރީތަކާއި މަޝްވަރާ ކުރައްވާ އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.