ސިނާމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި މެމްބަރު އާމިރަށް އަނިޔާވެ، ފަރުވާދެނީ

ސިނާމާލެ ބްރިޖް މަތީގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށް އަނިޔާވެ، ފަރުވާދޭން ފަށައިފި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެއާއި މާލެއާ ދެމެދު ސިނާމާލެ ބްރިޖް މަތީގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު އެވެ.

އިޝްތިހާރު Below Header ad

މި އެކްސިޑެންޓްގައި އާމިރަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

ފުލުހުން ބުނީ، މާލެއިން ހުޅުމާލެއަށް ދާން ބްރިޖްގައި ދުއްވާފައި ދިޔަ ސައިކަލެއް ފުރޮޅު ފަޅައިގެން ގޮސް ކަހާލައިގެން ވެއްޓި އެ ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ ހަވީރު 5:15 ހާއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.