ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާވެސް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން މަމެން ޑޭޓާ އެޑް-އޯންސް ތަކުން އަނެއްކާވެސް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން 30 ޖޫން 2021ގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

އިޝްތިހާރު Below Header ad

“ޑޭޓާ އެޑް-އޯންސް ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން މޮބައިލްއެޕްލިކޭޝަން މެދުވެރިކޮށް “އެޑް-އޮންސް” ޓެބުން ލިބެން ހުންނަ އެޑް-އޯންސްތައް ބަލާލެވޭނެ. އެގޮތުން މަމެން 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީގެ އެޑް-އޯންސްތަކުން ޑިސްކައުންޓް ލިބޭނެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ “އާރބީ” އިން. އަދި ޕެކޭޖް ގަތުމާއެކު “އާރބީ”ގެ ބެލެންސުން ކެނޑިގެން ދާނެ.” ދިރާގުން ބުންޏެވެ.

ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސް. އެމް. އެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒު ކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭންއަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދައިފައިވައި  އެޕެއްކަންވެސް ފާހަނގަކޮށްލެވެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަނީ ޒުވާނުންގެ ޑިޖިޓަލް ތަޖުރިބާ އަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.