ޚަބަރު ފީތާ

ރައީސް ސޯލިހު މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވާނީ މިރޭ 10:00 ގައި ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން އެޅުމަށް އެންމެފަހުން ނިންމާފައިވާ ފިޔަވަޅުތަކާއި އުސޫލުތަކަށް ގެންނަން ހަމަޖެހިފައިވާ ބަދަލުތަކުގެ ފަހުގެ ތަފްސީލު، މި ބައްދަލުކުރެއްވުމުގައި ރައީސް ޙިއްސާކުރައްވާނެކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެ، ބަލީގައި ފަރުވާދޭ މީހުންނާއި ނިޔާވާ މީހުންގެ ޢަދަދު މިހާރުވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފަ އެވެ.

މިކަމާއި ގުޅިގެން މާލެ ޞަރަޙައްދާއި އަތޮޅުތަކުގައިވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ކާފިއު ހިންގުމަށް މިހާރުވަނީ އަންގާފަ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: