ޚަބަރު ފީތާ

ހެޕީ މާކެޓުން، އެޗްއެމްއަށް ފެން ހަދިޔާ ކުރީ ފެން ހުސްވެގެން ނޫން: އައިޖީއެމްއެޗް

ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗް.އެމް.އެފް.) އިން އަބަދުވެސް މިނަރަލް ވޯޓަރ ލިބޭނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އެޗްއެމްއެފް އަކީ ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް ޚާއްޞަކޮށް، އެ ހޮސްޕިޓަލުން ހުޅުމާލޭ ހޮސްޕިޓަލާއި ގުޅިގެން ހިންގަމުން އަންނަ ތަނެއް ކަމަށެވެ. އަދި އެތަނުގައި ތިބޭ ބަލިމީހުންގެ ކެއިން ބުއިމުގެ ޚިދުމަތް ދެނީ ކޭޓަރިންގ އުޞޫލުން އަމިއްލަ ފަރާތަކާއި ހަވާލުކޮށްގެން ކަމަށެވެ.

ކެއުން އޮންނަ ހުރިހައި ވަގުތެއްގަ އާއި އެނޫން ވަގުތު ތަކުގައިވެސް އެތަނުން ބޯފެން (މިނަރަލް ވޯޓަރ) ލިބޭނެ ކަމަށާއި ކަންމިހެން އޮތްނަމަވެސް ބައެއް ބަލިމީހުންގެ ޢާއިލާގެ ފަރާތުން އިތުރަށްވެސް މިނަރަލް ވޯޓަރ ފޮނުވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ބުނެއެވެ.

ހެޕީ މާކެޓް ޓްރޭޑިންގ ކޮމްޕެނީގެ ފަރާތުން އެޗް.އެމް.އެފް. އަށް ހަދިޔާކުރި މިނަރަލް ވޯޓަރ ވަނީ ފެސިލިޓީން ބަލައިގަނެފައި ކަމަށާއި މި ފެނަކީ ފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެ، ފެނަށް ޖެހުމުގެ ސަބަބުން ހަދިޔާކުރި އެއްޗެއްކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދިޔަނަމަވެސް މިއީ ޙަޤީޤަތެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.

މި ފެން ފެސިލިޓީގެ ފަރާތުން ބަލައިގަނެފައިވަނީ ފެސިލިޓީން މިނަރަލް ވޯޓަރ ހުސްވެފައިވާތީ ނޫންކަމުގައްޔާއި މިފަދަ ފެސިލިޓީ އަކުން ބޯފެން ފަދަ އެއްޗެއް ހުސްވިޔަ ނުދޭނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

އެޗް.އެމް.އެފް. އަށް ހެޕީ މާކެޓްގެ ފަރާތުން މިނަރަލް ވޯޓަރ ހަދިޔާކުރައްވާފައިވާތީ އެކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: