އިންޓަރނެޓުގެއަގު ހެޔޮކޮށް، އަގުތައް އިޢުލާން ކުރުން އަނެއްކާވެސް މާދަމާއަށް ފަސްކޮށްފި

ރާއްޖޭގައި އިންޓަރނެޓުގެއަގު ހެޔޮކޮށް، އަގުތައް އިޢުލާން ކުރުން އަނެއްކާވެސް މާދަމާއަށް ފަސްކޮށްފި އެވެ.

ކުރިން ނިންމާފައި އޮތީ މިއަދު އިޢުލާނުކުރާ ގޮތަށެވެ. ނަމަވެސް ޓެކްނޮލޮޖީ މިނިސްޓްރީއާ ހަވާލާދީ މިހާރު ނޫހުގައި ބުނެފައިވަނީ އެކަން މާދަމައަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ސަރުކާރުން އިންޓަރނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5 ރުފިޔާއަށް ވެއްޓިގެން ދާނެ ކަމަށް ބައެއް ފަރާތްތަކާ ޙަވާލާދީ ރިޕޯޓުތައް ބުނާ އިރު، މިއީ މިހާރު އިންޓަރނެޓު ހުރި ވަރަށް ވުރެ އެވްރެޖުކޮށް 20 އިންސައްތަ ހެޔޮ އަގެކެވެ.

އިންޓަރނެޓުގެ އަގު ހެޔޮކުރުމާއި ގުޅޭގޮތުން ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ.

ރާއްޖޭގައި އިންޓަރނެޓުގެ ޚިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ.

އިންޓަރނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިއުންތައް އަބަދުވެސް އަންނަނީ އަމާޒުވަމުން ނެވެ. އަދި އެ މިނިސްޓްރީގެ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުޙައްމަދު މަލީހަށް ވެސް އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.

މިނިސްޓަރ މަލީހުގެ ދައުރުގައި ވެސް އިންޓަރނެޓުގެ އަގު ހެޔޮކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި އެ މަސައްކަތް ގޮސްފައިވާ ހިސާބު ރައީސް އަދި ކަމާއިބެހޭ ފަރާތްތަކާ ހިއްސާ ކުރައްވާފައިވާނޭ ކަަމަށް ވެސް މަލީހު ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.