ފަލަސްތީނަށް އެހީވުމަށް ހިންގި ޗެރިޓީ ކަޕަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފަލަސްތީނަށް އެހީވުމަށް ހިންގި ޗެރިޓީ ކަޕަށް އެއްލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

“ފަލަސްތީނު ޗެރިޓީ ކަޕް” ގެ ނަމުގައި ހިންގި، އެހީ ހޯދުމުގެ ހަރަކާތަށް އެއްލައްކަ ފަންސަވީސް ހާސް ދިވެހި ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މިފައިސާ މިހާރުވަނީ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނާ ހަވާލުކޮށްފަ އެވެ.

އިޝްތިހާރު Below Header ad

މިކަމަށްޓަކައި އައި.އޭ.ސީގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި މި ފައިސާ އާ ހަވާލުވީ، އައި.އޭ.ސީ ގެ ޗެއަރމަން އަހުމަދު އިޤްބާލެވެ.

ފަލަސްތީނު ޗެރިޓީ ކަޕް އިންތިޒާމް ކުރި މޯލްޑިވްސް ގޭމާރސްގެ ފަރާތުން މި ފައިސާ ހަވާލުކުރީ އުރީދޫއާއި ގުޅިގެންނެވެ.

މިކަމުގައި މޯލްޑިވިއަން ގޭމަރސްގެ ފަރާތުން ބައިވެރިވީ އީ.އެސް.2 ގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ހަމީސް ޢަލީ އެވެ. އަދި އުރީދޫގެ ފަރާތުން ބައިވެރިވީ އެ ކުންފުނީގެ ސީނިއަރ ބްރޭންޑް މެނޭޖަރ މަރިޔަމް ފަލަކް އަހުމަދެވެ.

އުރީދޫއިން މި ހަރަކާތަށް 30 ހާސް ދިވެހި ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

އައި.އޭ.ސީގެ ޗެއަރމަން އިޤްބާލު ވަނީ، މި ހަރަކާތުގައި ބައިވެރިވި އެންމެހާ ޒުވާނުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ފައިސާ އަމާނާތްތެރި ކަމާއި އެކު، ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

” މިފައިސާ ބޭނުން ކުރެވޭނީ މައިގަނޑު ހަތަރު ބޭނުމަކަށް. އޭގެ ތެރޭގަ ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ތިން އިރު (ހެނދުނު، މެންދުރު އަދި ރޭގަނޑު) ހޫނު ކެއުން ފޯރުކޮށްދިނުން ހިމެނޭ.” އިގްބާލު ވިދާޅުވި އެވެ.

މީގެ އިތުރުން ޕާނާއި ކިރު އަދި ލުއިކާނާ ފޮރުކޮށްދިނުމާއި، ގެދޮރު ހަލާކުވެފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަމެއް ހޯދައިދިނުމާއި ކުއްލި އެހީއާއި ބޭސްފަރުވާ ބޭނުންވާ ފަރާތްތަކަށް އެކަންކަން ފަހި ކުރުމަށް ވެސް މި ފައިސާ ހޭދަ ކުރެވޭނެކަމަށް ވެސް އިޤްބާލު ވިދާޅުވި އެވެ.

އައިއޭސީ އިން ވަނީ މި ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.