މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އަޅަނީ
މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފި އެވެ.
މިކަން ހާމަކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންނަމަވެސް ލޮކްޑައުންއެއް ކުރުމަށް ނިންމާފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2021 މެއި 26 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައި.
ލޮކްޑައުންއެއް ކުރުމަށް ނިންމާފައެއް ނުވޭ.#COVID19
— Miuvaan Mohamed (@MvSpokesperson) May 23, 2021
ރާއްޖޭގައި ކޮވިޑްގެ ޙާލަތު ގޯސްވަމުން ގޮސް، ކަންބޮޑުވާ ދަރަޖައަށް މީހުން ޕޮޒިޓުވް ވަމުން އަންނަ އިރު، ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ވާ ޢަދަދު އުޅެނީ ހާހުން މަތީގަ އެވެ.
އެހެންކަމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ހަރުދަނާކޮށް ހަވީރު 4 އިން ފަތިހު 4އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް މިވަނީ މެދުކަނޑާލާފައެވެ.
މީގެއިތުރުން މާލޭ ސަރަހައްދުގެ ހޮޓާ ރެސްޓޯރަންޓްތަކުގައި މީހުން ވައްދައިގެން ކެއިން ބުއިމުގެ ޚިދުމަތް ދިނުން މަނާކޮށް، ޑެލިވަރީގެ ޚިދުމަތްވެސް ދެވޭނީ ދަންވަރު 12 އާއި ހަމައަށް ކަމަށް ވަނީ ނިންމާފަ އެވެ.