ޚަބަރު ފީތާ

އައިޔޫއެމް ގެ މިއަހަރުގެ 2 ވަނަ ސެމިސްޓަރއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން 2021 ވަނަ އަހަރުގެ ދެވަނަސެމިސްޓަރއަށް 61 ކޯހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފި އެވެ.

އެގޮތުން އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 12 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 3 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 11 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް އަދި ޑިޕްލޮމާގެ 12 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ ޖުމްލަ 21 ކޯހެއް ހިމެނެއެވެ.

ހުޅުވާލެވިފައިވާ ފުރުޞަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ހިމެނެއެވެ.

2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި އައި.ޔޫ.އެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީއާއި، ލ. ފޮނަދޫއާއި، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުތަކުގައި ކޯސްތައް ކުރިއަށްދާނެކަން ފާހަގަކޮށްލަމެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރ ތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް ސަތޭކަ އިންސައްތަ ޓިއުޝަންފީ ހިލޭ ކޯސްތަކެވެ.

މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 30 ޖުލައި 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހަލަން ޖެހެއެވެ. އަދި މި ޔުނިވަރސިޓީން ލ.ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އައި.ޔޫ.އެމް  ލާރނިންގ ސެންޓަރަށް (ލ.ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި އައި.ޔޫ.އެމް. ލާރނިންގ ސެންޓަރަށް (ފުވައްމުލަކު ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށް އައިޔޫއެމް އިން އެދެއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ. ފޮނަދޫ (ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) ، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު  (ކުރީގެ ނޫރާނީ ޕްރީ ސްކޫލް) އިން ލިބެން ހުންނާނެ އެވެ. އަދި ޔުނިވަރސިޓީގެ ވެބްސައިޓުން  www.ium.edu.mv ޑައުންލޯޑް ކުރެވޭނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު:

–          ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނުން

–          އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ލ. ފޮނަދޫ – ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް)

–          އައި.ޔޫ.އެމް ލާރނިންގ ސެންޓަރުން (ފުވައްމުލަކު ސިޓީ – ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް)

–          އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރު  (ކުރީގެ ނޫރާނީ ޕްރީ ސްކޫލް)

–          އީ-މެއިލް ކުރާނަމަ، apply@ium.edu.mv އަށް މެއިލްކުރެވޭނެއެވެ.

އޮންލައިންކޮށް ފޯމު ހުށަހަޅާނަމަ ވެބްސިޓްގައިވާ އޮންލައިން ޕޯޓަލް admissions.ium.edu.mv) ) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "އައިޔޫއެމް ގެ މިއަހަރުގެ 2 ވަނަ ސެމިސްޓަރއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.