ސްޕެނިޝް ލީގު ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑަށް

ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އެތުލެޓިކޯ މެޑްރިޑުން ހޯދައިފި އެވެ.

އެތުލެޓިކޯ އިން ލީގު ކާމިޔާބުކޮށްފައި މިވަނީ ލީގުގައި އެތުލެޓިކޯ އިން ކުޅުނު އެންމެ ފަހު މެޗުގައި ރެއާލް ވަލަޑޮލިޑްގެ މައްޗަށް 1-2 އިން ކުރި ހޯދައިގެންނެވެ.

އިޝްތިހާރު Below Header ad

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވަލަޑޮލިޑުންނެވެ. އެޓީމުން ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓްގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޮސްކާ ޕްލާނޯއެވެ.

ވަލަޑޮލިޑުން ޖެހި މި ލަނޑާއެކު ފުރަތަމަ ހާފު އެ ޓީމުން ނިންމާލީ ލީޑްގައި އޮވެގެންނެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި އެތުލެޓިކޯ އިން އެ ޓީމްގެ ކުޅުން ވަރުގަދަކޮށް މެޗުގެ 57 ވަނަ މިނެޓްގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެތްލެޓިކޯ އަށް ޖަހައިދިނީ އެންޖެލް ކޮރެއާއެވެ. މި ލަނޑަށް ފަހުވެސް އެތްލެޓިކޯއިން ރަނގަޅަށް ކުޅެމުން ދިޔައިރު، މެޗުގެ 67 ވަނަ މިނެޓުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެތުލެޓިކޯ ކޮޅަށް އަނބުރާލި އެވެ.

މި މެޗުން ހޯދި މޮޅާއި އެކު އެތްލެޓިކޯއަށް ސްޕެނިޝް ލީގު ޗެމްޕިއަންކަން ލިބުނުއިރު، މިއީ 14 އަހަރަށް ފަހު އެޓީމަށް ސްޕެނިޝް ލީގު ހޯދުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.