ބީލަމަށް ހުޅުވާލި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި

ބީލަމަށް ހުޅުވާލި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިސޯޓު ހަދަން އަލަށް ބީލަމަށް ހުޅުވާލި ބިންބިމާއި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް ކުޑަކުރީ ލިބޭ ތަރުހީބުކުޑަވާތީ ކަމަށެވެ. އަދި މިވަގުތު ދުނިޔޭގެ އިންވެސްޓުކުުރުމުގެ މާހައުލަށް ރިއާޔަތް ކުރުމަށްފަހު ކަމަށެވެ.

އިޝްތިހާރު Below Header ad

ރިސޯޓު ތަރައްގީކުރަން ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބަދަލުގެނެސްފަ އެވެ.

މިގެނައި ބަދަލާ އެކު ފަތުރުވެރިކަމަށް ހުޅުވާލި 16 ރަށުގެ އިކުއިޒިޝަން ކޮސްޓަށް އައިސްފައިވާ ބަދަލު؛

  1. ހއ. ވެލިފިނޮޅު – 420،000 ޑޮލަރު
  2. ހއ. އަލިދުއްފަރު ފިނޮޅު – 350،000 ޑޮލަރު
  3. ހދ. ކުޑަފަރު ފަސްގަނޑު – 210،000 ޑޮލަރު
  4. މ. ސީދީ ހުރާ / މ. ސީދީ ހުރާ ވެލިގަނޑު، ސީދީހުރާ އާއެކު – 875،000 ޑޮލަރު
  5. މ. މާއުސްފުށި – 1.575،000 ޑޮލަރު
  6. ތ. ކާއްޑޫ – 70،000 ޑޮލަރު
  7. ތ. ކަނިމީދޫ (އުތުރުން 10 ހެކްޓަރު) 1.050،000 ޑޮލަރު
  8. ތ. އޮޅުފުށި / އޮޅުފުށި ފިނޮޅު (އޮޅުފުއްޓާއެކު) – 700،000 ޑޮލަރު
  9. ލ. ކަށިދޫ – 700،000 ޑޮލަރު
  10. ލ. ބޮޑުމުންޏަފުށި – 700،000 ޑޮލަރު
  11. ލ. ދޮންބެރެހާ / ހޮޅުރަހާ (ދޮންބެރެހާ އާއެކު) – 525،000 ޑޮލަރު
  12. ގއ. މާރެހާ – 1،400،000 ޑޮލަރު
  13. ގއ. ފުނަދޫވިލިގިއްލާ – 700،000 ޑޮލަރު
  14. ގދ. ކަނޑަހަލަގަލާ – 875،000 ޑޮލަރު
  15. ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) / ދިގުރެހާ – 700،000 ޑޮލަރު
  16. ގދ. ފެރޭތަވިލިގެއްލާ (ގިނަ ރަށްތަކެއް ހިމެނޭހެން) / ދެކާންބާ (ފެރޭތަވިލިގެއްލާ އާއެކު) / ކޮޑެރެޓާ (ފެރޭތަ ވިލިގެއްލާ އާއެކު) /ފެރޭތަ ވިލިގެއްލާ ކައިރީ އޮންނަ 2.9 ހެކްޓަރުގެ ކުޑަ ރަށެއް ފެރޭތަ ވިލިގެެއްލާ އާއެކު 700،000 ޑޮލަރު

އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ރަށްތަކަށް ބީލަން ހުށަހަޅަން ޓޫރިޒަމް މިނިސްޓްރީން ވަނީ ހުޅޫވާލާފަ އެވެ.

ބީލަން ހުށަހަޅަ އެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށާއި ބޭރުގެ ކުންފުނިތަކަށް އޮންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި އަހަރު ވެގެންދާނީ ޓޫރިޒަމް އިންވެސްޓްމެންޓްތަކުގެ އަހަރަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.