ޚަބަރު ފީތާ

މާލެސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރަން ފަށައިފި

މާލެ ސިޓީގެ މަގުތައް ދޮވެ، ޑިސްއިންފެކްޓް ކުރުމުގެ ޕްރޮގްރާމެއް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާރުކޭޓު ސަރަހައްދުން އެ މަސައްކަތް ފައްޓަވައިދެއްވާ މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތް ފެށީ އެޗްޕީއޭގެ އާއި ހެލްތު މިނިސްޓްރީގެވެސް އެދުމުގެ މަތިން ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ ހަފްތާގައި އެޗްޕީއޭއާ ބައްދަލުކޮށް، މާލެ ސަރަހައްދުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީގެން ސާފުކުރާނީ ގިނައިން މީހުން ބޭނުންކުރާ ސަރަހައްދުތައް ކަަމަށާއި ހުޅުމާލެ އަދި ވިލިމާލެގެ މަގުތަކުގައިވެސް ޑިސްއިންފެކްޓު ކުރާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެެވެ.

Like
Like Love Haha Wow Sad Angry