25 ކުޅުންތެރިންގެ ސްކޮޑާއި އެކު ގައުމީޓީމު ޑުބާއީއަށް ފުރައިފި

ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތަކަށް ތައްޔާރުވުމަށް 25 ކުޅުންތެރިންނާއި އެކު ގައުމީ ފުޓްބޯޅަ ޓީމު ދުބާއީއަށް ފުރައިފިއެވެ.

ކުޅުންތެރިންނާއި އިފިޝަލުން މިއަދު ޑުބާއިއަށް ފުރިއިރު، އޭގެ ކުރިން ގައުމީ ޓީމު ތަމްރީނުތަށް ބާއްވާފައިވަނީ އެޓީމު ކޭމްޕް ކޮށްގެން ތިބި ހޮޓެލް ޖެންގައެވެ.

އިޝްތިހާރު Below Header ad

ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން 10 ދުވަހުގެ ތަމްރީނުތަކެއް ޑުބާއީގައި ހަދާއިރު، ޑުބާއީގައި ހަދާ މި ތަމްރީނުތަކަށް ފަހު ގައުމީޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ދާނީ ސީދާ ޗައިނާއަށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޗައިނާގައި ކޮލިފައިން މެޗުތައް ކުޅެން ހަމަޖައްސާފައިވާއިރު، ކޮލިފައިންގައި ރާއްޖެއަށް ބާކީ އޮތީ ތިން މެޗެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. ފުރަތަމަ މެޗުގައި އަންނަ މަހުގެ 3 ވަނަ ދުވަހު ޗައިނާއާއި ދެކޮޅަށް ރާއްޖެ ނިކުންނައިރު، ޖޫން 7 ވަނަ ދުވަހު ނިކުންނާނީ ސީރިއާއާއި ދެކޮޅަށެވެ. އަދި ޖޫން 15 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕީންސާއި ދެކޮޅަށެވެ.

ރާއްޖެ ހިމެނެނީ ކޮލިފައިން ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ޗައިނާ، ގުއާމް، ފިލިޕީންސް އަދި ސީރިއާއެވެ.

މި ގުރޫޕަށް ބަލާއިރު، ގުރޫޕުގެ އެއްވަނާގައި15 ޕޮއިންޓާއި އެކު އޮތީ ސީރިއާއެވެ. ޗައިނާ އާއި ފިލިޕީންސްއަށް އެއް ވަރަކަށް ޕޮއިންޓު ލިބިފައިވާއިރު، ގޯލުގެ ތެފާތުން ކުރިލިބިގެން ގުރޫޕުގެ ދެވަނާގައި އޮތީ ޗައިނާއެވެ. މި ގުރޫޕުގައި ރާއްޖެ އޮތީ ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގުރޫޕުގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ގުއާމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.