އެމްޑީޕީ އިންސާފޭ ކިޔަނީ ކޯއްޗަކަށްބާ؟ ޑރ. ޖަމީލު

އެމްޑީޕީ އިންސާފޭ ކިޔަނީ ކޯއްޗަކަށްބާ؟ އޭ ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ގެ ވަރުގަދަ ބަހުގެ ޙަމަލާތަކެއް އެމްޑީޕީގެ މަޖިލިސް އަންހެން މެންބަރުންނަށް އަމާޒު ކުރައްވައިފި އެވެ.

ޑރ. ޖަމީލު ކުރައްވާފައި ވާޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގެވެށިއަނިޔާ ފަދަ ކުށްތަކާއި އެޕާޓީއަށް ދެކޮޅުހެދޭކަށް ނެތް ކަމަށެވެ. އަދި ޕާޓީތެރޭ އޮތް ސަގާފަތާއި ބައެއް ބާރުގަދަ ފިރިހެނުން ދިފާޢުކުރުން އަބަދުވެސް މާ މުހިއްމު ކަމަށެވެ.

އިޝްތިހާރު Below Header ad

މީގެ އިތުރުން “އަންހެން މެމްބަރުން ހަނުތިބީ އީސައާއިއެކު ވީހާލެއްގައިވާން” ކަމަށް ވެސް އެޓްވީޓުގައި ވަނީ ވިދާވެފަ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލުގެ މި ތްވީޓަކީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަޙްމަދު އީސާއަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި، އެޕާޓީގެ އަންހެން މެމްބަރުން އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ކުރެއްވި ޓްވީޓެކެވެ.

މެންބަރު އީސަގެ މައްޗަށް ކުރެވެނީ އޭނަގެ އަނބިކަނބަލުންނަށް ގެވެށިއަނިޔާކުރިކަމުގެ ތުހުމަތާއި ދެއަހަރު ދުވާ ދަރިފުޅު ބެލްކަނިން ބޭރަށް އެއްލާލަން އުޅުމުގެ ތުހުމަތެވެ.

އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ މައްސަލަގައި އެމްޑީޕީއަށް ނިސްބަތްވާ އަންހެން ހަތަރު މެންބަރުންވެސް މިފަހަރު އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވާތީ، ގިނަ ބައެއްގެ ފާޑުކިއުން އެ މެންބަރުންނަށް ވަނީ އަމާޒުވެފައެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، ގެވެށި އަނިޔާގެ ތުހުމަތުތަކާއެކު އީސަ ހައްޔަރުކުރުމަށް ޕީޖީ އޮފީހުން އެދުނު ކޯޓް އަމުރު ވެސް ކްރިމިނަލް ކޯޓުން ނެރެދީފައެއް ނުވެއެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ މީގެކުރިން ވިދާޅުވެފައިވަނީ، އެ ގޮނޑީގައި އީވާ އިންނަވަނިކޮށް އަންހެނުންނަށް ގޯނާކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އަންހެނުންގެ ހައްގުގައި އަދި ހިމާޔަތުގައި ދައްކާ ވާހަކަ ގަލޮޅު އުތުރު ދައިރާގެ މައިކުން ކެނޑިގެން ނުދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.