މާލޭގައި އިތުރު ޕާކިންގ ޒޯނެއް ހަދައިފި

މާލޭގައި އިތުރު ޕާކިންގ ޒޯނެއް ހަދައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މި ޕާކިންގ ޒޯނު ހަދާފައިވަނީ ބިއްލޫރި ޖެހިގޭގައި ކަމަށެވެ. އަދި މިއަދު ހެނދުނުން ފެށިގެން ޢާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

ބިއްލޫރިޖެހިގޭގައި ޕާކިންގ ޒޯނެއް ހަދާފައި މިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުރިޓީއަށް ބުރޫ އަރަމުންދާތީ، ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގަގުގައި ޕާކު ނުކުރެވޭ ގޮތް ހެދުމަށް ސިޓީ ކައުންސިލުގައި މީގެ ކުރިން އެދިފައިވަނިކޮށެވެ.

އެެހެންނަމަވެސް، އޭރުގެ ކައުންސިލުން ބިއްލޫރި ޖެހިގޭގައި ޕާކިންގ ޒޯނެއް ހެދުމުގެ ހުއްދައަކަށް ޕްލޭނިންގ މިނިސްޓްރީގައި އެދިފައި ވަނިކޮށް ކައުންސިލްގެ ދައުރު ނިމިގެން ދިޔައީ އެކަން ނުވެއެވެ.

މާލޭސިޓީގެ މޭޔަރުގެ މަގާމާ އަލަށް ހަވާލުވި ޑރ. މުޙައްމަދު މުއިއްޒު މިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކަން ކުރައްވާފަ އެވެ. ޕާކިންގ ޒޯން ގާއިމުކުރީ ޕްލޭނިންގ މިނިސްޓްރީން ހުއްދަ ލިބިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދިސާފެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.