
ފާއިތުވި 24 ގަޑި އިރު 2194 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ފާއިތުވި 24 ގަޑި އިރު ރާއްޖެއިން 2194 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1698 މީހުންނާއި އަތޮޅުތެރެއިން 467 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 29 މީހުން ނެވެ.
✳️ COVID-19 : Case Updates
Out of the 2,194 cases being reported today, 691 cases are positive cases from samples collected between 6pm of 19th May and 6pm of 20th May. pic.twitter.com/mJwkmf05j8
— Health Protection Agency (@HPA_MV) May 20, 2021
މިއީ ރާއްޖެއިން ކޮވިޑު ބަލި ފެނުނު ފަހުން އެންމެގިނަ މީހުން މި ބައްޔަށް ޕޮޒިޓިވް ވި ދުވަހެވެ.
ކޮވިޑުގައި ރާއްޖެއިން މިއަދުގެ މިހާތަނަށް 2 މީހުން ނިޔާވެފައިވާ އިރު، ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު ވަނީ 114 އަށް އަރާފަ އެވެ.
އެޗްއީއޯސީން ބުނަނީ ޕޮޒިޓިވް ކޭސްތައް މިހާ މައްޗަށް އަރާފައިވަނީ ބެކްލޮގް ގިނަވުމުގެ ސަބަބުން ކަމަށެވެ.